ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާ ޢަލީ ގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

(IUL)258/258/2024/93 ނަންބަރު

އިޢުލާން

މަސްޖިދު މޫސާ ޢަލީ ގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް، މަސްޖިދު މޫސާ ޢަލީގެ ބައެއް މަރާމާތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް https://forms.office.com/r/6zNKCUQ1JH ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ތަފްސީލް

ތާރީޚް

ގަޑި / ތަން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

2024 ޑިސެމްބަރ 24 އިން

2025 ޖަނަވަރީ 06 ނިޔަލަށް

2025 ޖަނަވަރީ 06 ވާ (ހޯމަ) ދުވަހުގެ މެންދުރު 01:30 ގެ ކުރިން / އޮންލައިންކޮށް

ބީލަންތައް ހުޅުވުން

2025 ޖަނަވަރީ 07 (އަންގާރަ)

ހެނދުނު 10:30 / ހދ ހަނިމާދޫ ކައުންސިލް މީޓިންރޫމް

  1. ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުން:  ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަން ހުޅުވާލެވިފައިމިވަނީ، ރަޖިސްޓްރީ ކުރެވިފައިވާ ކުލަބް ޖަމިއްޔާތަކަށާއި ކުންފުނިތަކަށެވެ.
  4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002068

    އީމެއިލް:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުމާދަލްއާޚިރް 1446

24 ޑިސެމްބަރ 2024

24 ޑިސެންބަރު 2024
ހޯދާ