ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ ފާހަނާ މަރާމާތު ކުރުން

މިމަރުކަޒުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1-      ދަރިވަރުންގެ 6 ފާހަނާގެ ތަޅުމުގައި ޖަހާފައިވާ ތަށިމުށިތަށް ނަގައި އައު ތަށިމުށި ޖެހުން.

2-      ދަރިވަރުންގެ 6 ފާހަނާތަކަށް ގުޅާފަހުރި ނަރުދަމާ ހޮޅިތަށް އަލަށް ހަރުކުރާ ފާހަނާތަށި ތަކާ ގުޅޭގޮތަށް ބަދަލު ކުރުން.

3-      ދަރިވަރުންގެ 6 ފާހަނާގައި ބަހައްޓާފައިހުރި ފާހަނާތަށިތަށް ނަގާ އައު ތަށި ހަރުކުރުން.

4-      ދަރިވަރުންގެ ފާހަނައިގައި ހުރި މޫނުދޮންނަތަން މަރާމާތުކޮށް އައު ތަށި ބަދަލު ކުރުން.

 

  • ރަޖިސްޓްރީވުން: 2024 ޑިސެމްބަރ 30 ވާ (ހޯމަ) ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެދޭ ފޯމް މި މަރުކަޒަށް ހުށައެޅުން އެދެމެވެ. އީމެއިލުން ނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • މަޢުލޫމާތު ދިނުން: 2025 ޖަނަވަރީ 5 ވާ (އާދިއްތަ) ދުވަހު 10:30 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން: 2025 ޖަނަވަރީ 8 ވާ (ބުދަ) ދުވަހު 10:30 ގައި ކ. އަތޮޅު ތަޢުލީމީމަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ. މި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި (ސިޓީ އުރާއިގެ ބޭރުގައި) އިޢުލާން ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުންފުނި/ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމާއި ބީލަން ފޮތް މިމަރުކަޒުގެ އިދާރާއިން ލިބޭނެއެވެ. އަދި އިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ. މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6640095 މި ނަންބަރަށް ގުޅުއްވުން އެދެމެވެ.

25 ޑިސެންބަރު 2024
ހޯދާ