ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް އިޚްލާޞް މިސްކިތުގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު (01 ޙާފިޡު) މި ކައުންސިލަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ޖެނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން މިކަން ކުރެވިދާނެ އަގު (ކޯޓޭޝަން) މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އީމެއިލް މެދުވެރިކޮށްވެސް ކޯޓޭޝަން ހުށަހެޅުއްވުމުގެ ފުރުސަތު އޮތް ވާހަކަ ދަންނަވަމެވެ. މެއިލް ކުރައްވާނީ ([email protected]) އަށެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520046 ފޯނާއި ގުޅުއްވާ އެމަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
1. ޙާފިޡު ދެކޮޅު ޓިކެޓް ( ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޚަރަދު)
2. މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު
3. ވިސާ ފީ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން.
4. ހާފިޡަށް ދޭ އެލަވެންސް އަދި އެހެނިހެން އިނާޔަތްތަކުގެ ތަފްޞީލް
4. ހުށަހަޅާ ފަރާތުގެ ނަން ، ގުޅޭނެ ނަމްބަރު، އައިޑީކާޑު ކޮޕީ، ( ކުންފުންޏެއްނަމަ ރަޖިސްޓްރީ ކޮޕީ)
5. ތަޖުރިބާ ލިޔުން އޮތްނަމަ އެފަދަ ލިޔުންތަކުގެ ކޮޕީ
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.