ދިވެހިރާއްޖެ
"3އާރް" ފޯރަމްގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން 16 އޮގަސްޓު 2015 އިން 19 އޮގަސްޓް 2015 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "3 އާރް" ފޯރަމްގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ހުށަހަޅަންވީ ތަކެތި
- ޓީ.އޯ.އާރ. އާ އެއްގޮތައް މަސައްކަތް ކޮށްދެވޭނެ އަގު
- މަސައްކަތް ކުރުމަށް ނަގާނެ މުއްދަތު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ރިފަރެންސް ލިޔުން ހުށަހަޅަންވާނެއެވެ.
މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް
- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު
- މަސައްކަތްކޮށް ނިމޭނެ މުއްދަތު (ފޯރަމް ހިނގާ ދުވަސްތަކާއެކު ފޯރަމްގެ ފޮޓޯ އަދި ވީޑިއޯ މިނިސްޓްރީއަށް ފޯރުކޮށްދިނުމަށް ނަގާނެ މުއްދަތު)
- މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓް
"3 އާރް" ފޯރަމްގެ ބެކްޑްރޮޕް ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ އިޢުލާނު ނަންބަރު: (IUL)438-PPS/1/2015/89
ބިޑު ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ ހެނދުނު 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2015 ވާ ބުދަ ދުވަހުގެ ހެނދުނު 12:30 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
29 ޖުލައި 2015 ވާ ބުދަ ދުވަހަކީ ސަރުކާރު ރަސްމީ ބަންދު ދުވަހެއް ކަމުގައި ކަނޑައަޅައިފިނަމަ ބިޑް ހުޅުވުން ދެން އޮންނާނީ 2 އޮގަސްޓު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 12:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެއްވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ނޯޓް:
- މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
- މި މަސައްކަތް ކުރުމަށް ބޭނުންވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓު www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018368 / 3018431 ނަންބަރު ފޯނަށެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، 20392
ދިވެހިރާއްޖެ.
އީމެއިލް: [email protected], [email protected]