ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫގައި ދުއްވާ އެއްގަމު އުޅަނދުފަހަރު (B) ޒޯނަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަކުގެ ޒޯން ބަދަލުކުރުމާއި ގުޅޭ

ހއ.އިހަވަންދޫގައި މިވަތު ބޭނުންކުރަމުންދާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ހއ.އިހަވަންދޫ ހިމެނޭ ޒޯން (B) އަށް ރަޖިސްޓްރީ ނުކޮށް ރަށުގައި ދުއްވާ އެންމެހައި އުޅަނދުތައް ޒޯން (B) އަށް ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

އެގޮތުން މުއައްސަސާތަކާއި، ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި ޢާންމު ފަރުދުންގެ އުޅަނދުފަހަރުތައް (B)ޒޯނަށް ރަޖިސްޓްރީ ކުރުމަށް 6 (ހައެއް) މަސްދުވަހުގެ  މުހުލަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ދެންނެވުނު މުއްދަތުގައި މިޒޯނަށް ރަޖިސްޓްރީނުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކާއިމެދު "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަންދު ރަޖިސްޓްރީކުރުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ރަށު ޕޮލިސްޓޭޝަނަށް ފޮނުވޭނެކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

‏                                  22‏ ޖުމާދަލްއާޚިރާ‏ 1446

23 ޑިސެންބަރު 2024
ހޯދާ