މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އަހަރީ ރިޕޯޓު 2014 ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީގެ "އަހަރީ ރިޕޯޓު 2014" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނު ނަންބަރު IL-PRC/2015/44 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މިއޮތޯރިޓީގެ "އަހަރީ ރިޕޯޓު 2014" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާއެއް ތިރީގައި މިވަނީއެވެ:-

– މި މަޢުލޫމާތު ޝީޓްގައިވާ ގޮތުގެ މަތީން "އެނުއަލް ރިޕޯޓް 2014" ޕްރިންޓްކޮށް ގްލޫ ބައިންޑްކޮށްދިނުން.

– ކޮލިޓީ:

  • މެޓް (ގްލޮސީ ނޫން) އާޓް ޕޭޕަރގައި (ގާތްގަނޑަކަށް 250 ޖީ.އެސް.އެމް) ބޭރު ގަނޑު ކުލަކޮށް ޕްރިންޓް ކުރުމާއި ލެމިނޭޓް ކުރުން
  • އެތެރެ ގަނޑުތައް (ގާތް ގަނޑަކަށް 100 ޖީ.އެސް.އެމް) އާޓް ޕޭޕަރގައި ކުލަކޮށް ޕްރިންޓް ކުރުން
  • ބޭރު އަދި އެތެރެ ގަނޑުތައް ބްލީޑް ލައިގެން ޕްރިންޓް ކުރުން.
  • މި ދެންނެވި ކޮލިޓީގެ އާޓްގަނޑު ނޫނަސް، މި ފަދަ އާޓްގަނޑާ ކޮލިޓީގެ ގޮތުން އެއްވަރު ގަނޑުގައި ޕްރިންޓްކުރަން ހުށައަޅާ ފަރާތްތަކުގެ ޕްރޮޕޯސަލްވެސް ބަލައިގަނެވޭނެއެވެ.
  • ޕްރިންޓް ކުރަން ބޭނުންވާ ސައިޒް:   A4ސައިޒް
  • ޕްރިންޓް ކުރަން ބޭނުންވާ އަދަދު:  150 ކޮޕީ.
  • ސަފުހާގެ އަދަދު:            172 ސަފުހާ (އެތެރެ އަދި ބޭރު ކަވަރ ލައިގެން).

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

22 ޖުލައި 2015

ބުދަ

03:11

އަންދާސީހިސާބު ހުށައެޅުން

29 ޖުލައި 2015

ބުދަ

11:00

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.

29 ރަމަޟާން  1436

16 ޖުލައި 2015
ހޯދާ