ދިވެހިރާއްޖެ
އިޢުލާން
2016/2015 ވަނަ އަހަރުގެ ޕްރިންޓިންގ މެޓީރިއަލް ތައްޔާރުކޮށްދޭނެ ޕްރިންޓިންގް ޕާޓްނާރއެއް ބޭނުންވެއްޖެ
މި ހިނގާ 2015 ވަނަ އަހަރު އަދި ކުރިއަށް އޮތް 2016 ވަނަ އަހަރު މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި ފެއަރ އަދި އިވެންޓްތަކަށް ބޭނުންކުރާނޭ ތަކެތި ޕްރިންޓްކޮށްދޭނެ ޕްރިންޓިންގ ޕާރޓްނާރއެއް ބޭނުންވެއްޖެއެވެ. އެހެން ނަމަވެސް މިކަމަށް ބޭނުންވެގެން މި ކޯޕަރޭޝަންއިން ކުރެވުނު އިޢުލާން ނަމްބަރު (IUL)MMPRC-HAS/1/2015/43 އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ދެފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 2016/2015 ވަނަ އަހަރުގެ ޕްރިންޓިންގ މެޓީރިއަލްސް ތައްޔާރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 22 ޖުލައި 2015 ވާ ބުދަ ދުވަހުގެ 10.30 އަށް މި ކޯޕަރެޝަނަށް (ވެލާނާގޭ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 ޖުލައި 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 10.30 އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
29 ރަމަޟާން 1436