ދިވެހިރާއްޖެ
އިޢުލާން
އިސްލާމީ މާލީ އިންސްޓްރޫމެންޓްސް ތަކުގެ އަލީގައި ދިވެހިރާއްޖޭގައި އަޢުޤާފްތައް ތަރައްޤީކުރުމާއި، ޒަކާތު ފަންޑު ވުނަކޮށް ތަރައްޤީކުރުމުގެ އިސްތިރާޖީތައް އެކުލަވާލުމާއިގުޅޭ މަސައްކަތް ކުރުމަށް ކޮންސަލްޓެންސީ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންނަށެވެ.
މަސައްކަތްކުރާ ފަރާތުގެ ކިބައިގައި ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތުން އަދި
- ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ދޫކުރާ ޝަރީޢާ އެޑްވައިޒަރީ ލައިސަންސް އޮތުން އަދި
- ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ދޫކުރާ ޕްރިންސިޕަލް އެޑްވައިޒަރ ލައިސަންސް އޮތުން
- ޢަރަބިބަހުން މުޢާމަލާތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 ޑިސެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/5CdT513nMc
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 ޑިސެންބަރު 28 ވާ ހޮނިހިރު ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020212،3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.