ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
އެމް.ޑަބްލިޔު.އެސް.ސީ ގެ ވީޑިއޯ ޕްރޮފައިލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ
މި ކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަމްބަރު: MWSC-61/ADV/2015/069 ގެ ދަށުން ބިޑަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އަލުން މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ގެ ވީޑިއޯ ޕްރޮފައިލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 21 ޖުލައި 2015 ދުވަހުގެ 11:00 އަށް ފެންބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލާތު ސާފުކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގެންނަވާ ފަރާތްތަކަށް އެކަންޏެވެ.
ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 29 ޖުލައި 2015 ވާ ދުވަހު 11:00 އެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް