ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ވައިކަރަދޫއިން ދިރިއުޅުމަށް ޓަކައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތަކުގެ ވަގުތީ ލިސްޓް އާންމުކުރުމާ ގުޅޭ

ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 20ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއުޞޫލުގެ 23ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިޢުލާންކުރަމެވެ.

ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި މިބުރު ދޫކުރުމަށް ހަމަޖެހިފައިވަނީ 107 ބަންޑާރަ ގޯއްޗެވެ. އިސްވެދެންނެވުނު އުޞޫލުގެ 20ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެ މަތިން ގޯތި ލިބޭފަރާތްތައް ތަރުތީބު ކުރެވިފައިވާނީ އެފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ތަރުތީބުންނެވެ. މިގޮތުން ލިސްޓް ތަރުތީބު ކުރެވުނުއިރު، 107ވަނަ ގޯއްޗަށް 11 ފަރާތެއް ޕޮއިންޓްގެ ގޮތުންއެއްވަރުވެފައިވާތީ، އެފަރާތްތަކުގެ މެދުގައި ގޯތި ލިބޭފަރާތެއް ކަނޑައެޅުމަށް ގުރުއަތު ލާންޖެހޭކަން ފާހަގަކުރަމެވެ. މިގޮތުން މި އުޞޫލުގެ 20ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން 107ވަނަ ގޯތި ލިބޭ ފަރާތްކަނޑައަޅާނީ ގުރުއަތުލުމަކުންނެވެ.

ގޯއްޗަށް އެދި ފޯމުލާފައިވާ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ދެވުނު މުއްދަތުގައި، ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން މިއިދާރާއަށް ހުށަހަޅުއްވާފައިނުވާ ދެމަފިރިންގެ މެދުގައި ގޯތި ލިބޭފަރާތެއް ކަނޑައަޅާނީވެސް މިއުޞޫލުގެ 20ވަނަ މާއްދާގެ (ރ) އަދި (ބ) ގައިވާ ގޮތުގެ މަތިން ގުރުއަތުލުމަކުންނެވެ.

ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 19ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުގެ މަތިން ޝަރުތުހަމަނުވާ ފަރާތްތަކަށް އަދި ފޯމް ބާޠިލްވާ ފަރާތްތަކަށް ލިޔުމުން އެނގިފައިވާނޭކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާން ކުރުމާއެކު ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 24ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން "ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް14 ޖަނަވަރީ 2025ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. 

އަދި ދަންނަވަމެވެ، ހދ.ވައިކަރަދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާބެހޭ އުޞޫލުގެ 23ވަނަ މާއްދާގެ (ށ) އަދި މިއުޞޫލުގެ 24ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން ގެނެވޭ އުނިއިތުރަކާއެކު ވަގުތީ ލިސްޓް އިސްލާޙުކުރުމަށްފަހު އަލުން އިޢުލާން ކުރެވިގަންދާނެކަމުގައި މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.  

23 ޑިސެންބަރު 2024
ހޯދާ