ދިވެހިރާއްޖެ
| އިޢުލާނު 
 | |||||||||||||
| މަޤާމު: | ފައިނޭންސް އޮފިސަރ | ||||||||||||
| މަޤާމުގެ ނަންބަރު: | J-346086 | ||||||||||||
| ބޭނުންވާ އަދަދު: | 01 | ||||||||||||
| މަޤާމުގެ ގިންތި: | ދާއިމީ | ||||||||||||
| މަޤާމުގެ ރޭންކު: | އެމް.އެސް. 1 | ||||||||||||
| މަޤާމުގެ ކްލެސިފިކޭޝަން: | ޓެކްނިކަލް އޮފިސަރ ގްރޭޑް 1 | ||||||||||||
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާ | ||||||||||||
| މުސާރަ: | 5،610.00 ރުފިޔާ | ||||||||||||
| ސަރވިސް އެލަވަންސް: | މަހަކު 2،000.00 ރުފިޔާ | ||||||||||||
| އެހެނިހެން އެލަވަންސް: | ސިވިލް ސަރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާ އާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯރޓިންގ ކޯ އެލަވަންސް ގެ ގޮތުގައި 900.00 ރުފިޔާ (މަހަކު) ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން | ||||||||||||
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 3. ކޮންމެ އަހަރެއް ނިމުމުން ވޭތިވެ ދިޔަ އަހަރުގެ މާލީ ރިޕޯޓްތައްޔާރުކޮށް 31 މާރޗްގެ ކުރިން ކަމާއިގުޅޭ އިދާރާތަކަށް ފޮވުން. 4. އިދާރާގެ ބަޖެޓުން ޚަރަދުކުރުމުގެ ކުރިން ބަޖެޓް ބާކީކޮށް، ވަގުތީ ބާކީ ރެޖިސްޓްރީ ކޮންމެ ދުވަހަކުވެސް އަޕްޑޭޓްކޮށް، އަބަދުވެސް ފައިނަލް ބާކީ ފެންނަން ހުންނާނެ ގޮތެއްގެ މަތިން ވަގުތީ ބާކީ ރެޖިސްޓްރީ ބެލެހެއްޓުން. 5. ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި އޮޑިޓް އޮފީހުގެ ޤަވައިދުތަކާއި އެއްގޮތަށް ފައިސާއާއި މުދަލުގެ ކަންތައްތައްކުރުން. އަދި ބަޖެޓާ ގުޅިގެން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުމާއި ސިޓީފޮނުވުމާއި ރެކޯޑް ބެލެހެއްޓުން. 6.ކައުންސިލްގެ އިދާރާގެ ފައިސާ އާއި ބެހޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން. 7. ކައުންސިލް ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ފައިސާއާއި ބެހޭ ސެކްޝަނުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 8. ކޮންމެ މަހެއް ނިމުމުން ހިނގާ މަހުގެ 5 ވަނަ ދުވަހުގެ ކުރިން (ކުރެވޭ ޚަރަދުތަކުގެ ތަފްސީލް އެނގޭގޮތަށް) ތަފްސީލް ރިޕޯޓެއް އެކުލަވާލައި، ކުރިއަށް އޮތް މަހު ޚަރަދުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުން 8.އިދާރާގެ ހަތަރު އެކައުންޓް ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން. 9.ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ފައިސާ އާއި ބެހޭ ސެކްޝަނުން ފޯރުކޮށްދޭން ޖަހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 10.ބަޖެޓް ސެކްޝަންގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، ޔުނިޓްގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނާއި ހަވާލުވެ ހުންނަވާ ވެރިޔާގެ އިރުޝާދުގެ ދަށުން ކުރުން 11.އިދާރާގެ ތިޖޫރީގައި ހުންނަ ފައިސާ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން. އަދި މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސް ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައް ކުރުން. 12. ކައުންސިލް އިދާރާގެ ފައިސާ އާއިބެހޭ އެންމެހައި ތަފާސް ހިސާބު ރިޕޯރޓްތައް ތައްޔާރުކުރުމާއި ކަމާއިބެހޭ އިދާރާތަކަށް ފޮނުވުމާއި އާއްމުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން. 13.އިދާރާއިން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ވައުޗަރ ތައްޔާރުކުރުމާއި، ޕާކްކުރުން އަދި ސްކޭންކުރުމާއި ޤަވައިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ފައިސާ ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްޓަކައި ބިލާއި އެޓޭޗްކުރެވިފައި ހުންނަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމަތޯ ޗެކްކޮށް ވިޔައަށް އެޅުން. 
 | ||||||||||||
| މަޤާމުގެ ޝަރުޠުތައް: | 
 މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ތަޢުލީމީ ރޮނގުތައް: - އެކައުންޓިންގ،ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް، ފައިނޭންސް | ||||||||||||
| މަޤާމުގެ ޕްރިފައިޑް ޑިސިޕްލިންތައް: ނެތް | |||||||||||||
| މަޤާމުގެ ކޯ ޑިސިޕްލިންގ: އެކައުންޓިންގ، ފައިނޭންސް | |||||||||||||
| ގުޅޭ ވަޒީފާގެ ދާއިރާތައް: - އެކައުންޓިންގ، ފައިނޭންސް 
 | |||||||||||||
| ހުށަހަޅަންޖެހޭ ލިޔުންތައް: 
 
 
 
 
 
 
 
 
 
 
 | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ.6 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު" | ||||||||||||
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. | ||||||||||||
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޑިސެމްބަރ 30 ވާ (ހޯމަ) ދުވަހުގެ 13:00 ގެ ކުރިން، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | ||||||||||||
| ޝޯޓްލިސްޓްކުރުން: 
 | މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. 
 | ||||||||||||
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އިމްތިޙާން އޮންނާނީ، (01 ޖެނުއަރީ 2025) އާއި (15 ޖެނުއަރީ 2025) އާ ދެމެދު، ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގައެވެ. 
 | ||||||||||||
| "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން | އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. | ||||||||||||
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620001 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. | |||||||||||||
 
                    