ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓަންޓް ލޮޖިސްޓިކް އޮފިސަރ

މަޤާމް :އެސިސްޓަންޓް ލޮޖިސްޓިކް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް

އެސިސްޓަންޓް ލޮޖިސްޓިކް އޮފިސަރ

މަޤާމުގެ ރޭންކް

L9-F6

ބޭނުންވާ އަދަދު

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 20 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/6,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). 

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިހާނުން ދައްވެގެން 2 މާއްދާއިން ޑީ ފާސް ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކޮންޕިއުޓަރ ބޭސިކްސް އެނގުން؛
  • ލޮޖިސްޓިކްސް މަސައްކަތުގެ ތަޖްރިބާ ހުރުން.
  • ވެހިކަލް މެއިންޓަނަންސްގެ ތަޖްރިބާ ހުރުން
  • މަސައްކަތަށް ފަރުވާތެރި އަމާނާތްތެރި ނަޒާހަތްތެރި މީހެއްކަމުގައިވުން؛
  • އެހެން މީހުނާ ގުޅިގެން މަސައްކަތް ކުރެވޭނެ މީހެއް ކަމުގައި ވުން؛  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ލޮޖިސްޓިކްސްގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކަނޑައަޅައިފައިވާ ނިޘާމުގެ ތެރެއިން ކުންފުނީގެ ދަތުރުތަށް ކުރަމުންދާ ގޮތް ދުވަހުން ދުވަހަށް ތަފްޞީލުކޮށް  ލޮގްކުރުމާއި، ގުޅުންހުރި ރިޕޯޓުތައް ހެދުން؛
  • ކުންފުނީގެ ވެހިކަލްތައް ބަރާބަރަށް ޗެކްކުރަމުން ގެންދިއުން؛
  • ޑިއުޓީ ގަޑީގައި ހުށައެޅޭ ލޮޖިސްޓިކްސްއާއި ގުޅުންހުރި އެންމެހާ ކަންކަން ލޮގުކުރުމާއި އެކަންކަން ގުޅުންހުރި ސްޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުން؛
  • ޑިއުޓީ އިންޗާޖުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުން؛
  • ކުންފުނީގެ ބޭނުންތަކަށް ކުރަންޖެހޭ އެއްގަމު ދަތުރުތަކުގެ އެންމެހާ ކަންތައްތައް ތާވަލް ކުރެވިފައިވާ ގޮތުގެމަތިން ކުރިޔަށް ގެންދިއުމާއި، ވެހިކަލްތައް މަރާމާތު ކުރުމުގެ އެންމެހާ ކަންތައްތަކާއި، އަޅަންޖެހޭ ތެލާއި، (ޑީސަލް، ޕެޓްރޯލް، އަޑީތެޔޮ ޕަވަރ ސްޓިއަރިނގ، ބުރަކި ތެޔޮ، ގިޔަރު ތެޔޮ އަދި ރޭޑިއޭޓަރ ފެން) އެހެނިހެން ބާވަތްތައް ހަމަޔަށް ހުރިތޯބަލާ ރަނގަޅު ކުރަންޖެހޭ އެންމެހާ ކަންކަން ރަނގަޅުކުރުން؛
  • ލޮޖިސްޓިކްސް ގެ ދަތުރުތަކަށާއި، ވެހިކަލްތަކަށް ދިމާވާ ކުދިކުދި މަރާމާތުތަކަށް ޚަރަދުކުރުމަށް ޙަވާލުކޮށްފައިވާ ޕެޓީ ކޭޝް ނަޒާހަތްތެރި ކަމާއިއެކު ޚަރަދުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން؛
  • ޑުރައިވަރުން މަދުވާ ޙާލަތުގައާއި، އެނޫންވެސް މުހިންމު ޙާލަތް ތަކުގައި އޮފިސަރުގެ މަސްއޫލިއްޔަތު އަދާކުރަމުން ކުންފުނީގެ ދަތުރުތައް ބަރާބަރަށް ކުރަމުން ގެންދިއުން؛
  • ކޮންމެ ޑިއުޓީގަޑިއެއް ފެށޭއިރު އަދި ނިމޭއިރު ވެހިކަލްތަކުގެ ހާލަތު ދެނެގަނެ ޗެކުކޮށް އަންގަންވާ ފަރާތްތަކަށް މައުލޫމާތު ދިނުން؛
  • ލޮޖިސްޓިކްގެ މުވައްޒަފުން މަސައްކަތް ކުރާތަން ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ނޯޓިސްބޯޑު ބެލެހެއްޓުން؛
  • ލޮޖިސްޓިކްސްގެ ވެހިކަލްތަކުގެ މަރާމާތަށާއި އެކިކަންކަމަށް ބޭނުކުރާ ތަކެތި ރައްކާކޮށް ބަލަހައްޓާ ގުދަނުގެ އިންވެންޓްރީ ތަފްޞީލުކޮށް ބެލެހެއްޓުން؛
  • ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރަށްފުރާ މީހުންނާއި ނުވަތަ މާލޭގެ އެކިލޮކޭޝަންތަކަށް ފޮނުވަންޖެހޭ މީހުންނާއި ތަކެތި އުފުލުމަށް ބޭނުންވާ އިންތިޒާމްތައް ރާވާ ހަމަޖެއްސުމާއި، ލޯޑުކުރުމާއި އަންލޯޑްކުރުމުގެ އިންތިޒާމްތައް ރޭވުމާއި، ވެހިކަލް ހަމަޖެއްސުން؛
  • ކުންފުނީގެ ފަރާތުން ބަލަހަށްޓަންޖެހޭ އެންމެހާ ތަންތަނުގެ ސެކިއުރިޓީ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި، މޮނިޓަރކުރުމާއި އަދި ގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުން؛

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސްނުވާ).

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 31 ޑިސެންބަރ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000228، 30003207 އަށް ގުޅުއްވުން އެދެމެވެ.

23 ޑިސެންބަރު 2024
ހޯދާ