މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރު ރަމަޟާންމަހު ކިހާދޫގައި އިމާމްވެ ތަރާވީޙް ނަމާދު ކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 16 ޖަނަވަރީ 2025 11:00 ގައި ބާތިލް ކުރެވިފައެވެ.


 1446 ވަނަ އަހަރުގެ ރަމަޟާންމަހު ކިހާދޫގައި އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ދިވެހި އިމާމަކު ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން 1446 ވަނަ އަހަރު ރަމަޟާންމަހު ކިހާދޫގައި އިމާމުވެ ތަރާވީޙް ނަމާދު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތަރާވީޙް ނަމާދު ކުރުމަށް އެދި ހުށަހަޅާ ފޯމާއި ފޯމާއެކު ހުށަހެޅުމަށް ބުނެފައިވާ އެންމެހާ ލިޔުންތަށް، 2024 ޑިސެމްބަރ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކިހާދޫ ކައުންސިލަށް ނުވަތަ އީމެއިލް ޒަރިއްޔާއިންނަމަ މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އަދި އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ކުރިމަތިލާ ފަރާތަކީ އިމާމުކަން ކުރުމުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ނުވަތަ ޤުރުއާނުގެ އިލްމުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް ދިވެހި ރައްޔިތަކަށް ވާންވާނެއެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޤުރުއާން ހިތުދަސް ފަރާތްތަކަށާއި ހުކުރު ކުރުމުގެ ހުއްދަ އޮންނަ ފަރާތަކަށް އިސްކަން ދެވޭނެއެވެ. އަދި ހަމައެހެންމެ ޤުރުޢާން ކިޔެވުމުގައި މީހުންނަށް އަޑުއަހާލަން ފަސޭހަ އަދި ޝައުޤުވެރިވާނެފަދަ ގޮތަކަށް ކިޔަވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މީހަކު އިޙްތިޔާރު ކުރުމުގެ ކުރިން ކައުންސިލްގެ ފަރާތުން، ކުރިމަތިލާ ފަރާތްތަކާއި އިންޓަވިއުއެއްކޮށް ހުށަހަޅާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ޤުރުޢާން ކިޔަވާ ރާގާއި ކިޔެވުމުގެ ރީތިކަން ވަޒަން ކުރެވޭނެއެވެ.

މީހަކު ހޮވުމަށް މާރކްސް ދެވޭނެ ބައިތައް:

-          އިމާމުކަމުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތްނަމަ ނުވަތަ ޤުރުއާނުގެ އިލްމުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތްނަމަ: 50 މާރކްސް

-          ހުކުރު ކުރުމުގެ ހުއްދަ އޮތްނަމަ: 10 މާރކްސް

-           ޙާފިޛު ކަމުގެ ސެޓްފިކެޓް އޮތްނަމަ: 15 މާރކްސް

-          ޤުރުޢާން ކިޔެވުމުގެ ރީތިކަން: 25 މާރކްސް (މިބަޔަށް މާކްސް ދޭނީ ކިޔެވުން އަޑުއެހުމަށްފަހު ކައުންސިލުންނެވެ.)

-          ދެވޭނެ އުޖޫރަ: 30,000.00 ރ (ތިރީސް ހާސް ރުފިޔާ)

ނޯޓް: ތަރާވީޙް ނަމާދު ކުރުމަށް އައްޔަނުކުރެވޭ ފަރާތުން ރަމަޟާން މަހުގެ ފަހު ދިހައެއްގެ ރޭތަކުގައި މިސްކިތުގައި އިމާމުވެ ދަމު ނަމާދު ކޮށްދޭން ވާނެއެވެ. އަދި އިމާމުވެ ނަމާދު ކުރުމަށް އަންނަ ފަރާތުގެ ދަތުރު ހަރަދާއި ރަށުގައި ހުރުމާއި ކެއުމުގެ ހަރަދު ކައުންސިލްގެ ފަރާތުން ހަމަޖައްސަވާ ދެވޭނެއެވެ.

މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 ޑިސެންބަރު 2024
ހޯދާ