މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

     މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން / ގަވަރުނަރސް އޮފީސް

ބޭނުންވާ ޢަދަދު:

02 (ދޭއް)-  ކޮންޓްރެކްޓް ވަޒީފާ

ވަޒީފާގެ މުއްދަތު:

ކޮންޓްރެކްޓް ވަޒީފާގެ މުއްދަތަކީ 01 އަހަރެވެ. (01 އަހަރު ވުމުން ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކޮންޓްރެކް އާކުރުމުގެ ނުވަތަ ދާއިމީ ވަޒީފާއަކަށް ބަދަލު ކުރުމާމެދު ގޮތެއް ނިންމުމުގެ ފުރުސުތު އޮންނާނެއެވެ.)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން.
  • ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.
  • ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން.
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާއްމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާ ތަރުޖަމާ ކުރުން.

މުސާރަޔާއި އިނާޔަތްތައް

 19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސް ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • އެސްއެސްސީ އިމްތިޙާނުގައި ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭ އަށް ބޭނުންވާ ތަކެއްޗާއި ޚިދުމަށް ހޯދުމަށް ސަޕްލަޔަރުންނާ މުޢާމަލާތް ކުރުމާއި ޓޭންޑަރ އަދި ބިޑުކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި އެފަދަ ފަރާތްތަކާ ކޮންޓްރެކްޓް ހެދުމާއި ޕާރޗޭސް އޯޑަރުތައް ހެދުމާއި އެކަންކަމާގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމާއި ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތްކުރުން.
  • ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސެކްޝަންތަކާ އެކު މުޢާމަލާތްކޮށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

 19,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް ސުޕަވައިޒަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.
  • ފައިނޭންޝަލް ސެކްޓަރ ނުވަތަ ފައިނޭންޝަލް ރެގިއުލޭޓަރީ އޮތޯރިޓީއެއްގައި މަސައްކައްކޮށްފައިވާ ފަރާތަކަށާއި ފައިނޭންޝަލް މަޢުލޫމާތު އެނަލައިޒްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ހިންގާ އޮންސައިޓް އަދި އޮފްސައިޓް ސުޕަވިޝަންއާ ގުޅުންހުރި މަސައްކަތްތައްކުރުން
  • ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިންގާ ހޭލުންތެރިކަން އިތުރުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް އިންތިޒާމުކޮށް ރާވާ ހިންގުމުގެ މަސައްކަތްކުރުން.

މުސާރަޔާއި އިނާޔަތްތައް

 19,000.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް

ބޭނުންވާ ޢަދަދު

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން ނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން.
  • ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްކުރާ އިދާރާއެއްގައި އެނަލައިޒްކުރުމުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި ފައިނޭންޝަލް މަޢުލޫމާތު އެނަލައިޒްކުރުމުގެ ހުނަރާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަން ދެވޭނެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބޭ ރިޕޯޓުތައް ކަލެކްޓްކޮށް އިވެލުއޭޓްކުރުމާއި އެނަލައިޒްކުރުން.

މުސާރަޔާއި އިނާޔަތްތައް

 19,000.00 – 22,300.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއް އަދާކުރަށްވާފައިވާނަމަ ވަޒީފާ އަދާކުރައްވާފައިވާ ތަންތަނުގެ ރަސްމީ ލިޔުންތައް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުން

ސުންގަޑި

30 ޑިސެންބަރު 2024 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގިރޭސި ބަހުގެ ނަތީޖާއަށެވެ.

22 ޑިސެންބަރު 2024
ހޯދާ