މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ
އިޢުލާން
ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެވިފައިވާ ފުރުޞަތާއި ގުޅޭ
ވާދޫގެ ރައްޔިތުންގެ ތެރެއިން ބޭފުޅަކު ހައްޖަށް ފޮނުވުމަށް އަމިއްލަ ފަރާތަކުން ފުރުސަތު ހުޅުވާލާފައިވާތީ، މިފުރުސަތު ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ބޭފުޅުން، ތިރީގައިވާ ލިންކު މެދުވެރިކޮށް ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ.
ޝަރުތު:
- ހައްޖަށް ދިޔުމަށް ފައިސާ ދައްކާ، ވެއިޓްލިސްޓް ކުރެވިފައި ނުވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 40 އަހަރު ފުރިހަމަވެފައިވާ މީހެއްކަމުގައިވުން.
- ވާދޫގެ ރަށްވެއްސެއްކަމުގައި ވުން
- ކުރިން ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއް ކަމުގައި ނުވުން.
ނަންނޯޓު ކުރެވޭ ލިންކު: https://forms.gle/ZYoeNWZQ8E6cgiDm9
މި މިއުލާނާއި ގުޅިގެން އެއް ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ހައްޖަށް ފޮނުވާ ފަރާތް ހޮވޭނީ، ނަންނޯޓުކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
ވީމާ، މިފުރުޞަތަށް އެދި 2024 ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ.
22 ޑިސެންބަރު 2024
ހޯދާ