ދިވެހިރާއްޖެ
| 
 South Asian University (SAU) Program for 2025  | 
| 
 
 ސައުތު އޭޝިއަން ޔުނިވާސިޓީ(އެސް.އޭ.ޔޫ)ގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށް ފުރުޞަތު ހުޅުވާލާފައެވެ. އެފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ. މި ޕްރޮގްރާމްތަކަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސައުތު އޭޝިއަން ޔުނިވާސިޓީ(އެސް.އޭ.ޔޫ)ގެ ފަރާތުންނެވެ. - މާސްޓަރ ޑިގްރީ އިން ޑާޓާ ސައިންސް އެންޑް އާރޓިފިޝަލް އިންޓެލިޖެންސް ( 2 އަހަރު ދުވަހުގެ އޮންލައިން ޕްރޮގްރާމް) - ޕީ.އެޗް.ޑީ ޕްރޮގްރާމް (ޑިރެކްޓް މޯޑް) - ކުރުމުއްދަތުގެ ކޯސްތައް (އޮންލައިން) މި ޕްރޮގްރާތަކާއި ގުޅޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ. އަދި މިފުރުޞަތުތަކަށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހެވެ. 
 website: www.sau.int/new-courses/ Email: [email protected] Contact no: (+977) 1- 4221694, (+977) 1- 4221785 
 .................................................................................................................................................................... * މިޕްރޮގްރާމްތަކަށް އެދޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިހަމަކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. 
 * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ.  | 
