ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުލް ފުރުޤާން ގައި ތަރާވީޙް ނަމާދުކުރުމާއި ގުޅޭ.

1446 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު މަސްޖިދުލް ފުރުޤާންގައި ހިފްޛުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ހާފިޛަކު ގެނެސްދޭނޭ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ހާފިޛަކު ގެނައުމުގެ އެންމެހައި ކަންކަން ކޮށްދެވޭނޭ އަގެއް 31 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:30 އަށް ހުށަހެޅުއްވުން އެދެމެވެ. ގެނެސްދިނުމަށް ހުށަހަޅާ ހާފިޛަކީ ކުރިން ރާއްޖޭގައި ހިފްޛުކޮށް ތަރާވިޙް ނަމާދުކޮށްފައިވާ އިމާމް އަކަށް ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޤަބޫލުކުރާ ފެންވަރުގެ ހާފިޛަކަށް ވާންވާނެއެވެ. ހާފިޛުގެ ތިރީގައި މިދަންނަވާ ކަންކަން މަސައްކަތް ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ.

  • ޙާފިޛު ގެނައުމަށް ބޭނުންވާ އެންމެހާ ހުއްދަ ހޯދުން.
  • ޙާފިޛު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޛު ރާއްޖެ ގެނައުމާއި ރަށާހަމައަށް ގެންގޮސްދިނުން.
  • ރަމަޟާން މަސް ނިމުމުން، ޙާފިޛު އަނބުރައި މާލެ ގެނެސް އޭނާގެ ޤައުމަށް ފޮނުވާލުން
  • ޙާފިޛަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
  • ޙާފިޛުގެ އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޑިސެންބަރު 2024
ހޯދާ