ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުމަށް.

ވަޒީފާގެ ފުރުސަތު

2024 ވަނަ އަހަރު ހއ.ތަކަންދޫ އިޖްތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރާނެ މުވައްޒަފުން ހޯދުން

މަޤާމް

މަސައްކަތު (ވޭޖް)

މަޤާމްގެ ގިންތި

ކޮންޓްރެކްޓް (6 މަސް)

މަސައްކަތް ކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

މުނިސިޕަލް އެންޑް އިންފްރާ ސްޓްރަކްޗަރ ޔުނިޓް

އެލަވަންސް

ގަޑިއިރަކަށް -/41.47 (ސާޅީސް އެއް ރުފިޔާ ސާޅީސް ހަތްލާރި)

ބޭނުންވާ ޢަދަދު

08

އަސާސީ ޝަރުތު

1-        ލިޔަން ކިޔަން ދަތުން

2-        މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައުންސިލުން ކަނޑައަޅާ ޢިޖްތިމާޢީ ސަރަޙައްދުތައް (ސަރުކާރުގެ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 4 ގަޑިއިރު އަދި ހޮނިހިރު ދުވަހުގެ 2 ގަޑިއިރު) ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުނި ކަހާ، ވިނަނޮޅާ ސާފުކުރުން.
  • ކައުންސިލްގެ އިދާރާއިން ބަލަހައްޓާ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި މަގުބައްތީގެ އަލި ފެތުރުމަށް ހުރަސްއެޅޭގޮތަށް ބޮޑެތިވެފައިވާ ގަސްތައް ކޮށާ ސާފުކުރުން.
  • ކައުންސިލް އިދާރާއިން ހިންގާ ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމް ތަކުގައި ބައިވެރިވުން.
  • ޙާއްސަ މުނާސަބަތު ތަކާއި ގުޅިގެން އިދާރާއިން އަންގާ ކަންކަމުގައި އެހީތެރިކަން ފޯރު ކޮށްދިނުން.
  • ކައުންސިލުން ކުރިއަށްގެންދާ އެންމެހާ ޕްރޮގްރާމް ތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.
  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށްބެލެވޭ ކަންތައްތައް

1- ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން.

2- ކުނިކެހުމުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ޤާބިލްކަން ހުރި މީހަކު ކަމުގައި ވުން.

 

ހުށަހަޅަންޖެހޭ ލިޔުންތަށް

ހ. ފުރިހަމަ ކޮއްފައިވާ ވަޒީފާ އަށް އެދޭ ފޯމް

ށ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

ވަޒީފާއަށް އެދޭފަރާތް ތަކުން 30 ޑިސެމްބަރ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ލިޔުންތަކާއި އެކު ވަޒީފާއަށް އެދި ފޯމު ހުށަހެޅުން އެދެމެވެ.

22 ޑިސެންބަރު 2024
ހޯދާ