ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޅ. ހިންނަވަރުގައި 07 ޓްރާންސްފޯމަރ ހަޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިކުންފުނިން ދޭ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، ބީ.އޯ.ކިޔު އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ޅ. ހިންނަވަރުގައި 07 ޓްރާންސްފޯމަރު ހަޓު އެޅުމުގެ އެންމެހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރަތަމަ ފަހަރަށް ކުރެވުނު ނަންބަރު: FNK-I/IUL/2024/382  އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައި ނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

22 އިން 26 ޑިސެމްބަރު 2024

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

25 ޑިސެމްބަރު 2024

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

29 ޑިސެމްބަރު 2024

14:00 މެންދުރު

                                                                           

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓްރީ ކުރުން

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

-          އިޢުލާން ނަންބަރ (އީ-މެއިލްގެ ސަބްޖެކްޓު ގޮތުގައި އިޢުލާން ނަމްބަރު ބަޔާންކުރެވިފައިވާންވާނެއެވެ.)

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލްއަށް، އީމެއިލް ކުރާ ދުވަހު ބީ.އޯ.ކިއު އަދި ގުޅުންހުރި ލިޔެކިޔުންތައް ފޮނުވޭނެއެވެ.

ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ނޯޓު: ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

22 ޑިސެމްބަރު 2024

22 ޑިސެންބަރު 2024
ހޯދާ