ދިވެހިރާއްޖެ
ކަލިންގާ އިންސްޓިޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީ-އިންޑިއާ (ފުލް އަދި ހާފް ސްކޮލަރޝިޕް ) 2015 |
||||
މިއީ 1 ޖުލައި 2015 ގައި މި ޑިޕާޓްމަންޓުން ކުރެވުނު އިޢުލާން ނަންބަރު:IUL)166-Schol/166/2015/83އަށް އެކަށީގެންވާ އަދަދަކަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ އަލުން ކޮށްފައިވާ އިޢުލާނެކެވެ. |
||||
ޤައުމު: އިންޑިއާ |
ކޯހުގެ އަދަދާއި ލެވެލް 1 ބެޗްލަރސް ޑިގްރީ ފުލް ސްކޮލަރޝިޕް 1 ބެޗްލަރސް ޑިގްރީ ހާފް ސްކޮލަރޝިޕް 1 މާސްޓަރސް ޑިގްރީ ހާފް ސްކޮލަރޝިޕް |
|||
ބެޗްލަރސް ޑިގްރީ: 1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 5 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މިމާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "އީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން. (މި މާއްދާތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ.) އަދި 3 މާއްދާއިން ފާސްވާ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްފަހު، އިތުރު ފުރުޞަތު އޮތްނަމަ، 2 މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް ފުރުޞަތު ދެވޭނެއެވެ. އަދި ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިހާނުގެ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން. ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން. އަދި މާސްޓަރސް ޑިގްރީ: 1. ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. (އެޕްލައި ކުރަން ބޭނުންވާ ދާއިރާއަކާގުޅޭ ދާއިރާއަކުން) އަދި މި ސްކޮލަރޝިޕަށް ހުށަހަޅާ ހުރިހާ ފަރާތްތަކުންވެސް، މަތީގައި ބަޔާންކުރެވިފައިވާ ޝަރުތުތަކުގެ އިތުރުން ތިރީގައި މިވާ ޝަރުތުތައްވެސް ފުރިހަމަ ވާންވާނެއެވެ. 1. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމް ޙާޞިލްކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް 21 ޖުލައި 2015 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއްނަމަ މަދުވެގެން 1.5 އަހަރު ޚިދުމަތްކޮށްފައިވުން ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމް ހާޞިލްކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރު ޚިދުމަތްކޮށްފައިވުން. ރ. އަމިއްލަ ގޮތުން ތަޢުލީމް ހާސިލްކޮށްފައިވާ ދަރިވަރުން ޚިދުމަތް ކުރުމުގެ މި ޝަރުތު ފުރިހަމަވާކަން ނުޖެހޭނެއެވެ. އަދި 2. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މިޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކާފައިވާ ފަރާތެއްކަމުގައި ވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި އަދި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މިއިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ހާއްސަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެއެވެ. |
ކޯހުގެ ޝަރުތުތައް: |
|||
|
އިތުރު މަޢުލޫމާތު: |
|||
|
ހުށަހަޅަންޖެހޭ ތަކެތި: |
|||
|