ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ހަންޏާމީދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

       

       01 ޖެނުއަރީ 2025 އިން 31 ޑިސެމްބަރ 2025 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި GS153/IUL/2023/25  އިޢުލާނާއި ގުޅިގެން ހުށަހެޅި ބިޑްތަކުގެ ސަރުތު ފުރިހަމަ ނުވާތީ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.     

       01 ޖެނުއަރީ 2025 އިން 31 ޑިސެންބަރު 2025 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.  މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

       މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

       މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 22 ޑިސެންބަރު 2024 އިން  29 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 14:00 އާއި ހަމައަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރި ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރު، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު 29 ޑިސެންބަރު 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

       މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން 30 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އަދި ބީލަން ހުށަހެޅުން 31 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

 

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަ ދެންނެވީމެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

22 ޑިސެންބަރު 2024
ހޯދާ