ދިވެހިރާއްޖެ
ޕްރޮގްރެސް ޓު އަ ޤުރްއާނިކް ލައިފްސްޓައިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ތާވަލުކުރާ ޤުރްއާނާ ބެހޭ އޮންލައިން ޕްރޮގްރާމް "ޤުރްއާން ތިލާވާތު ވަ ތަޖުވީދު ވެބިނަރ" ޑިސެންބަރު މަހުގެ 27 އިން 31 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 13 އަހަރުން މަތީގެ ފަރާތްތަކަށެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 23 ޑިސެންބަރު 2024 ގެ 10:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގަންނަވާ ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރު: 7920038 އަށް މެސެޖް ކުރައްވާ ނަންނޯޓު ކުރުމަށް ދަންނަވަމެވެ.
ޕްރޮގްރާމްގެ މުއްދަތު: 10 ގަޑިއިރު (ދުވާލަކު 02 ގަޑިއިރު)
ގަޑި: 19:30 – 21:30
ޕްރޮގްރާމްގެ ފީ: -/100 (ސަތޭކަ ރުފިޔާ)
20 ޖުމާދަލްއާޙިރާ 1446
21 ޑިސެންބަރު 2024