މަޤާމު:
|
އިންޓަރން (އެޑްމިން)
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ކުޅުދުއްފުށި ކެމްޕަސް
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް (03 މަސް ދުވަސް)
|
އުޖޫރަ:
|
ގަޑިއަކަށް 60 ރުފިޔާގެ ރޭޓުން
|
މަސައްކަތުގެ ވަގުތު
|
- 2 - 4 ގަޑިއިރު (ހެނދުނު 08:00 އާއި މެންދުރު ފަހު 02:00 އާ ދެމެދު)
|
މަގާމުގެ ޝަރުތު:
|
1. 'މަތީ ސާނަވީ' (އޭލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ކެމްޕަސް މެނޭޖަރގެ އިރުޝާދުގެ ދަށުން ކެމްޕަސް ބަޖެޓް ބެލެހެއްޓުން.
- ޙަރަދު ރިޕޯޓް އަދި ބޭންކް ރިކޮންސިލޭޝަން ޝީޓް ތައްޔާރުކުރުން.
- ފައިސާއާއި ބެހޭ ލިޔެކިޔުން ތަށް ތައްޔާރު ކުރުމާއި ބެލެހެއްޓުން.
- އެކިފާރާތް ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި ގުޅޭ ލިޔުންތަށް ތައްޔާރު ކުރުމާއި އިންތިޒާމްތައްކުރުން.
- ފައިސާ އާއި ބެހޭ ރިޕޯޓްތައްތައްޔާރު ކުރުން.
- ބެންކް އިން ފައިސާ ގެނައުމާއި އަދި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައްކުރުން.
- ކެމްޕަހަށް ލިބޭ ފައިސާ ބަލައިގަތުމާއި ހިސަބު ބެލެހެއްޓުން.
- ލިޔެކިޔުންތަށް ދުވަހުން ދުވަހަށް ފައިލް ކުރުން.
- ފެކަލްޓީ ތަކުގެ ބޭނުމަށް ހަރަދުކުރުމުގެ އިންތިޒާމް ހަމަޖައްސައި، ހަރަދު ކުރެވޭ ފައިސާ ރިއެމްބަރސްކުރުމަށް ބޭނުންވާ ލިޔެކިޔުންތަށް ތައްޔާރުކުރުން.
- ކެމްޕަހުގެ ބޭނުމަށް ހޯދޭ ހިދުމަތްތައް ހޯދުމަށް އެދި ސަރވިސް އިކުރިޒިޝަން ފޯމް ތައްޔާރުކޮށް ފޮނުވުމާއި، ޕްރޮސެސް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ޕެޓީ ކޭޝްއިން ކުރެވޭ ޚަރަދުތައް ބަލަހައްޓާ، ޕެޓީކޭޝް ރިޕޯޓް ތައްޔާރުކޮށް، މި ފައިސާ ރިއެމްބަރސް ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
- ޕޭމެންޓް ވައުޗަރ ތައްޔާރުކޮށް، ފައިސާގެ ބިލްތަކުގެ ތަފްސީލް ބެލެހެއްޓުން.
- 35000 ރުފިޔާއަށްވުރެ އަގުބޮޑުތަކެތި ހޯދުމާއި، ޙިދުމަތް ހޯދުމާއި، މަސައްކަތް ކުރުވުމުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން.
- ވަޒީފާއާއި ގުޅޭގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތް ކުރުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
26 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-Intern-KC-264
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލާއެކު)
- ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
** ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.
|
ސަމާލުކަމަށް:
|
- މި އިއުލާނަށް އިޖާބަދެއްވާ ފަރާތްތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް އިސްކަންދެވޭނެކަމުގައި ދަންނަވަމެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާ އެޕްލިކޭޝަން ފޮނުވުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ޖަވާބު ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|