ދިވެހިރާއްޖެ
ޕުރޮގްރެސް ޓު އަ ޤުރުއާނިކް ލައިފްސްޓައިލް އާއި ނ. ކެނދިކުޅުދޫގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ތާވަލް ކުރެވިފައިވާ ޤުރުއާނާއި ބެހޭ އޮންލައިން ޕްރޮގްރާމް "ޤުރުއާން ތިލާވަތު ވަ ތަޖުވީދު ވެބިނަރ" މިޑިސެންބަރު މަހު 27 ން 31 އަށް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވެބިނަރ ކުރިޔަށްދާނީ ގޫގުލް މީޓް މެދުވެރިކޮށް ރޭގަޑު 7:30 ން 9:30 އަށް ކޮންމެ ދުވަހެއްގެ 2 ގަޑިއިރަށެވެ. ވެބިނާގެ ފީއަކީ ޖުމުލަ -/100 (ސަތޭކަ ރުފިޔާ) އެވެ.
ވެބިނާގައި ބައިވެރިވުމުގެ ޝަރުތުތައް:
- 13 އަހަރު ފުރިފައިވުމާއެކު، ޤުރްއާން ރަނގަޅަށް ބަލައިގެން ކިޔަވަން ދަތުން
ޕުރޮގްރާމްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެ ބައިތައް:
ތިލާވާ ކުރުމުގެ އުސޫލުތަކާއި، ތަޖުވީދުގެ އާއްމު އެންމެހާ ބައިތަކާއި، ޤުރްއާން ތަދައްބުރުކުރުމުގެ މުހިއްމުކަމާއި، ހިފުޒު ކުރުމުގެ އުކުޅުތަކަށް އަލިއަޅުވާލުމާއެކު ކިޔެވުންތައް އަޑުއެހުމާއި ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް މިވެބިނާއިން ދަސްވެގެން ދާނެއެވެ.
މިޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް މިކައުންސިލްގެ ނަންބަރު: 6560013 އަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން ނަންނޯޓު ކުރެވޭނެއެވެ. އަދި މީގެއިތުރުން 7781539 ފޯނު ނަންބަރަށް ގުޅުއްވައިގެންވެސް ނަންނޯޓު ކުރެވިދާނެއެވެ. އަދިހަމައެހެންމެ، ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށްވެސް މިޕްރޮގްރާމްގައި ބައިވެރިވެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 24 ޑިސެންބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
އޮންލައިން ފޯމު: https://forms.office.com/r/Gt8Ym4AjYe
ވުމާއެކު، މިވެބިނާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
19 ޖުމާދަލްއާޚިރާ 1446
20 ޑިސެންބަރު 2024