މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓަންޓް ޑިރެކްޓަރ  

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/7035 ރ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

އިންޑަސްޓްރީ ހިއުމަން ރިސޯސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް

ކްލެސިފިކޭޝަން

އެސިސްޓަންޓް ޑިރެކްޓަރ

ރޭންކް:

އެމް.އެސް. 3

މަޤާމުގެ ޝަރުޠު:

 • ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
 • ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 • ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 • ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަނޭޖްމަންޓް ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭގޮތުން މިނިސްޓްރީން ކޯޑިނޭޓްކޮށް ކުރަންޖެހޭ ކަންކަމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
 • ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށްޓައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އަދި ސޯޝަލް ރެސްޕޯންސިބިލިޓީ އާގުޅޭ ޕްލޭނިންގ މަސައްކަތް ކުރުން.
 • މިނިސްޓްރީއިން ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ޖަމުއިއްޔާތަކާއި ކުރަންޖެހޭ މުޢާމަލާތްތައް މިމިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން އަދި އޭގެ ރެކޯޑް ބެލެހެއްޓުން.
 • މިމިނިސްޓްރީއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތައް ގުޅިގެން ހިންގޭ މަޝްރޫޢު/ ޕްރޮގްރާމްތަކަށް މިމިނިސްޓްރީން ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެކަން ވިލަރެސްކޮށް ބެލެހެއްޓުން.
 • ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ބައިނަލްއަޤުވާމީ އެކި ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި މިމިނިސްޓްރީން ބައިވެރިވުމަށް ކުރަންޖެހޭ މުޢާމަލާތްތައްކޮށް އޭގެ ރެކޯޑް ބެލެހެއްޓުން.
 • މިމިނިސްޓްރީއިން ބައިވެރިވާ ކޮފަރަންސްތަކާއި މަޝްވަރާތަކަށް ބޭނުންވާ ދިރާސާ ކަރުދާސްތައްޔާރުކުރުން.
 • ބައިނަލްއަޤުވާމީ ބައްދަލުވުންތަކުން ނިންމޭ ކަންކަން ތަންފީޒްކުރާ މިންވަރު ބަލައި އޭގެ ރިކޯޑް ބެލެހެއްޓުން.
 • ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައްޓަން ކުރުމަށް ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ބައިނަލް އަޤުވާމީ މަޝްރޫއުތައް/ ޕްރޮގްރާމް ތަންފީޒް ކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 1. ފަތުރުވެރިކަމާއި/ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއަކުން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
 3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
 4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
 5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
 6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

މަޤާމު:

އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465 ރ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޑިވެލޮޕްމަންޓް

ކްލެސިފިކޭޝަން

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ޝަރުޠު:

 • ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާހުއްދަތައް ދޫކުރުމައި މިކަމާއިގުޅޭކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑް ބެލެހެއްޓުން 
 • ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤިގެ މަޝްރޫއުތަކައި ފެންވަރު މަތިކުރުމުގެ މަޝްރޫއުތަކާ ބެހޭ މުޢާމަލާތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުން 
 • ސެކްޝަނަށްއަންނަ ސިޓީތަކަށް ވެރިއެއްގެ އިރުސާދުގެ ދަށުން ޖަވާބުދީ އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން 
 • ޑިއުޓީ މަޢާފު ކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީމަސައްކަތް ކުރުމައި އައު އުސޫލުގެ ދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީ މަޢާފުކުރުމުގެ ކަންތައްކުރުން އަދި ރެކޯޑް ބެލެހެއްޓުން 
 • ޑިވެލޮޕްމެންޓާބެހޭ ގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައްރާވާ ރިޕޯޓު ތައްޔާރުކުރުން އަދި ރެކޯޑް ބެލެހެއްޓުން
 • ރިޒޯޓްތަކުގެ ލޭންޑް އޭރިއާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭކޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން
 • ރިޒޯޓްތަކުގެ ކޮންސެޕްޓް އަދި އެހެނިހެން ކުރެހުންތަށް އިވަލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އަދި ރެކޯޑް ބެލެހެއްޓުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.
 2. ކޮމްޕިއުޓަރު ބޭނުންކުރަން އެންގުން އަދި އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައި ވުން.
 3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
 4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
 5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
 6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

މަޤާމު:

އެސިސްޓަންޓް ސްޓެޓިސްޓިކަލް އޮފިސަރ (ވަގުތީ)

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު -/4465ރ.

ސަރވިސް އެލަވަންސް:

މަހަކު -/1500ރ.

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

ޕްރޮޖެކްޓް ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ޓޫރިޒަމް ބައި، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ޔުނިޓް

ސްޓެޓިސްޓިކްސް

ކްލެސިފިކޭޝަން

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ޝަރުޠު:

 • ބިޒްނަސް މެނޭޖްމަންޓް/ ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް މެނޭޖްމަންޓް/ ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 • ފަތުރުވެރިން ބައިތިއްބާ ތަންތަން (ރިޒޯޓް/ހޮޓެލް) ބެޑްނައިޓްސް ރިޕޯޓު ތައްޔާރުކުރުން
 • މިމިނިސްޓްރީއިން މަހަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ އެރައިވަލް ރިޕޯޓާއި ޓޫރިޒަމް އިންޑިކޭޓަރ ޓޭބަލް ނެރުން
 • ސަރުކާރުގެ ދާއިރާތަކުންނާއި އާންމު ފަރާތްތަކަށް ބޭނުންވާ ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބު ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން 
 • ޓޫރިޒަމް ތަފާސް ހިސާބާބެހޭ އަހަރީ ފޮތް (ސްޓެޓިސްޓިކަލް އިޔަރ ބުކް) ތައްޔާރުކުރުމުގައި އެހީތެރިވެ، އެކިދާއިރާތަކުން މަޢުލޫމާތު އެއްކޮށް ފޮތް ޗާޕުވުމުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
 • ޔޫ.އެން.ޑަބްލިއު.ޓީ.އޯ، ޕާޓާ އަދި މިނޫންވެސް މިފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކަށް ބޭނުންވާ ތަފާސް ހިސާބުހޯދުމަށް އެދުމުން އެފަރާތްތަކަށް ފޯރުކޮށްދިނުން

އުޖޫރައާއި އިނާޔަތްތައް:

މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސް

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

 1. ޑޭޓާ އެންޓްރީ ނުވަތަ ތަފާސް ހިސާބު ދާއިރާއިން މަސައްކަތު ތަޖުރިބާލިބިފައިވުން.
 2. ކޮމްޕިއުޓަރ (މައިކްރޮސޮފްޓް އޮފީސް ޕެކޭޖް) ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
 3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
 4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
 5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
 6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

(ނޯޓް: މިވަޒީފާގެ މުއްދަތަކީ ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 23 އޯގަސްޓް 2016 ނިޔަލަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެންހުންނާނެ)
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
 • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މިމަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު (މިމިނިސްޓްރީގެ ކައުންޓަރުން އަދި މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެ) ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 21 ޖުލައި 2015ވާ ބުދަ ދުވަހު 14:00 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުން އެދެން. (ވެލާނާގެ، 5ވަނަ ފަންގިފިލާ)

އިތުރު މަޢުލޫމާތު:

 • މިމަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއި އިންޓަރވިއުކުރުން ހަމަޖެހިފައިވަނީ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ. މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3022200 ފޯނާއެވެ. ފެކްސް ނަންބަރަކީ 3322512 އެވެ.

އިންޓަރވިއުއަށް ހޮވޭފަރާތްތަކާއި އިންޓަރވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އިންޓަރވިއުއަށް އަންނަންވީ ވަގުތު އެންގޭނޭ ކަމުގައިވެސް މިފުރުޞަތުގައި ދެންނެވީމެވެ.

08 ޖުލައި 2015
ހޯދާ