އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިސްކޫލްގެ ސެކިއުރިޓީ 01  ޖަނަވަރީ 2024  އިން 31 ޑިސެމްބަރު 2025 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 19 ޑިސެންބަރު 2024 އިން 25 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 25 ޑިސެންބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. ބިޑް ހުޅުވުން އޮންނާނީ 26 ޑިސެންބަރު 2024 ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައެވެ.

ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތަކަށް ބިޑް ހުށައެޅުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޭދޫ ސްކޫލް

ސ.ފޭދޫ ، އައްޑޫސިޓީ

ފޯން: 6893021

އީ-މެއިލް: [email protected]

 

19 ޑިސެންބަރު 2024
ހޯދާ