ދިވެހިރާއްޖެ
(IUL)258/258/2024/92ނަންބަރު
އިޢުލާން
ހަނިމާދޫގައި އާމްދަނީ ހޯދުމަށް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ ދަފްތަރު އެކުލަވާލުން
ހަނިމާދޫގައި އާމްދަނީ ހޯދުމަށް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް (ލޮނުމަސް އެޅުން، މަސްކެއްކުން، ލަނޑާ ކެއްކުމާއި ލޮނުއެޅުން، އެހެނިހެން) ކުރައްވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ވަނީ ނިންމާފައެވެ. މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ އެކަމަށް އެދި ހުށައަޅާ ފަރާތްތަކުން އެ މަސައްކަތް ކުރާކަން މި ކައުންސިލުން ބަލައި ޗެކްކުރުމަށްފަހު ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، ހަނިމާދޫގައި އާމްދަނީ ހޯދުމަށް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރައްވާ ފަރާތްތަކުން 2024 ޑިސެމްބަރ 26 ވާ (ބުރާސްފަތި) ދުވަހުގެ މެންދުރު 14:00 ގެ ކުރިން ލިންކް ( https://forms.office.com/r/iRRe8Hi1zV ) މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. އަދި ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަތިވާ ފަރާތްތަކުން ދެންނެވިފައިވާ މުއްދަތުގައި ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޖުމާދަލްއޫލާ 1446
19 ޑިސެމްބަރ 2024