ދިވެހިރާއްޖެ
2025 ވަނަ އަހަރު ޖަނަވަރީ 1 ން 31 ޑިސެމްބަރުގެ ނިޔަލަށް މަގުކުނިކަހާ ގުރޫޕަށް އަލަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތުވަނީ ހުޅުވައިލެވިފައެވެ. ވީމާ މަގުކުނިކަހާ ގުރޫޕަށް ވަނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާ އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު 26 ޑިސެމްބަރ2024 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލަންދޫ ކައުންސިލް އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. އަދި 2024 ވަނަ އަހަރު މަގުކުނިކަހާ ގުރޫޕްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް އަލުން ފޯމް ހުށަހަޅައިގެން ރަޖިސްޓްރީވާން ޖެހޭނެކަމުގައި ދަންނަވަމެވެ. މިކަމާގުޅޭ
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޙައްވާ ސުޖާޖާ 6563942 މި ނަމްބަރ ފޯނާއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.