| މަޤާމް: | ސޮފްޓްވެއަރ ޑިވެލޮޕަރ | 
| ބޭނުންވާ ޢަދަދު: | 01 | 
| މަޤާމުގެ ކްލެސިފިކޭޝަން: | ޑިރެކްޓަރ | 
| މަޤާމުގެ ރޭންކް: | EX1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ވަޒިފާއަދާ ކުރަންޖެހޭ ތަން: | ކައުންސިލް ޑިޖިޓަލައިޒޭޝަން ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ | 
| އަސާސީ މުސާރަ: | 8835.00 ރ | 
| ސަރވިސް އެލަވަންސް: | 2,000.00 ރ | 
| އެހެނިހެން އެލަވަންސް: | އެކްސްކްލޫސިވް ޖޮބް އެލަވަންސް: | އަސާސީ މުސާރައިގެ %50 (ފަންސާސް އިންސައްތަ) | 
| ލިވިންގ އެލަވަންސް: | 4,000.00ރ (ޕްރޮބޭޝަނަށް ފަހު) | 
| ހާޒިރީ އެލަވަންސް: | 200ރ (ހާޒިރުވާ ކޮންމެ ރަސްމީ ދުވަހަކަށް) | 
| ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| މަޤާމުގެ އަސާސީ ޝަރުތު: | 1)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހުގެތަޖުރިބާ ލިބިފައިވުން. ނުވަތަ 2)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3)  މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. | 
| އެހެނިހެން މަޢުލޫމާތު: | މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާތައް: ތަޢުލީމީ ރޮނގުތައް: 
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ. | 
| މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |   
ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އީ-ސަރވިސަސް ކަނޑައެޅުމާއި، އެކަންކަން ޤާއިމްކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުންކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮންލައިން ޕްލެޓްފޯމްތައް ޤާއިމްކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުންކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކުރުމަށް ފަރުމާކުރެވޭ ސޮޕްޓްވެއަރ އަދި އެޕްލިކޭޝަންތައް ޑިވޮލޮޕްކުރުމުގެ މަސައްކަތް ކުރުންއީ-ކައުންސިލް މޮޑިއުލްތައް ހިންގާ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުންއީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކައް ބޭނުންވާ އެހީތެރިކަން ކައުންސިލްތަކަށް ދިނުންއޮތޯރިޓީގެ ވެބްސައިޓްގެ ޓެކްނިކަލް މަސައްކަތްތައް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންމޮބައިލް އެޕް ޑިވެލޮޕްމަންޓް: ފްލަޓަރ ފްރޭމްވޯކް ބޭނުންކޮށްގެން ހައި ޕާފޯމަންސް މޯބައިލް އެޕްލިކޭޝަންތައް ޑިޒައިންކުރުމާއި، ޑިވެލޮޕްކުރުމާއި އައިއޯއެސް އަދި އެންޑްރޮއިޑް ޕްލެޓްފޯމްތަކުގައި ވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭ ގޮތަށް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންބެކްއެންޑް ޑިވެލޮޕްމަންޓް: ކޯޑްއިގްނައިޓަރ ބޭނުންކޮށްގެން ކޯޑްކޮށް، މޯބައިލް އަދި ވެބް އެޕްލިކޭޝަންތަކަށް ސަޕޯޓްކުރާ ބެކްއެންޑް ސިސްޓަމްތަކާއި އޭޕީއައިތައް ގާއިމްކޮށް ބެލެހެއްޓުންވެބް ޑިވެލޮޕްމަންޓް: ކޯޑް ކޮލިޓީ، ޕާފޯމަންސް، އަދި ސެކިއުރިޓީގެ އެންމެ ރަނގަޅު އުސޫލުތަކަށް އަމަލުކުރުމާއެކު ލަރަވެލް ބޭނުންކޮށްގެން ވެބް އެޕްލިކޭޝަންތައް ފަރުމާކޮށް ޑިވެލޮޕްކޮށް ބެލެހެއްޓުންޑިވެލޮޕްކުރާ ހުރިހާ ސޮފްޓްވެއަރ/އެޕްލިކޭޝަންތަކުގެ ކޯޑްބޭސް، ޑިޒައިން އަދި އަރކިޓެކްޗަރ ހިމެނޭ  ޑޮކިއުމަންޓޭޝަންތައް ލިޔެ، އަދާހަމަކޮށް ބެލެހެއްޓުން.ބޭނުންކުރަމުންދާ ސިސްޓަމްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުމާއި، ވަގުތުން އަޕްޑޭޓްތައް ކަށަވަރުކުރުންމަސައްކަތްތަކާއި ގުޅޭ ގޮތުން އޮތޯރިޓީން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ ނޯޓް: 
ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ. | 
| މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް: | 
މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ. 
ތަޢުލީމާއި ތަމްރީން: %40މަސައްކަތު ތަޖުރިބާ: % 12ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48   
މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ޢަމަލީ އިމްތިޙާނުގައި، އަންނަނިވި ދާއިރާތަކުން ކެންޑިޑޭޓުންގެ ޤާބިލުކަން ވަޒަންކުރެވޭނެއެވެ. 
ފްލަޓަރ ބޭނުންކޮށްގެން ކްރޮސް ޕްލެޓްފޯމް މޯބައިލް އެޕްތައް ޑިވެލޮޕް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.ކޯޑްއިގްނައިޓަރ އަދި ލަރަވެލް ބޭނުންކޮށްގެން ބެކްއެންޑް ޑިވެލޮޕްމަންޓްގެ މަސައްކަތްތަކަށް ކުރެވޭނެ ގާބިލްކަން ހުރުންއެމްވީސީ އަރކިޓެކްޗަރ، އޭޕީއައި އިންޓަގްރޭޝަން، އަދި ޑޭޓާބޭސް ޑިޒައިން އަށް އަހުލުވެރިވުންވަރޝަން ކޮންޓްރޯލް (ގިޓް)، އޮޓޮމެޓިކް ޓެސްޓިންގ، އަދި ސީއައި/ސީޑީ ޕައިޕްލައިންސް އަށް އަހުލުވެރިވުން.މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި، ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން. 
މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޑިސެމްބަރ 2024 ވާ ޢާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | 
ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ. |