ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑްރައިވަރ (ލާންޗް)
މިކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އެސިސްޓަންޓް ޑްރައިވަރ (ލާންޗް)
އަދަދު: 01
ކޮންޓްރެކްޓް މުއްދަތު: 12 މަސްދުވަސް
އަސާސީ މުސާރަ: 4,000.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: ވާލި ލާންޗް
އެހެނިހެން އިނާޔަތްތައް:
- ކޮންޓްރެކްޓް އެލަވަންސް: 800.00 ރުފިޔާ
- ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: 350.00 ރުފިޔާ
- ޕެންޝަން: ވަޒީފާއާއި ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުން ހަމަޖައްސައި ދެވޭނެއެވެ.
މަޤާމްމުގެ މަސްއޫލިއްޔަތު:
- ލާންޗްގެ ހުރިހާ ކަމެއް ބެލެހެއްޓުން
- ފަޅުވެރިންގެ ކަންތަށް ބެލެހެއްޓުން
- ކުންފުނިން އަންގާގޮތަށް ދަތުރު ކޮށްދިނުން
ތަޢުލީމާއި ތަޖުރިބާ:
- 'ސީ' ކެޓެގަރީ ޑްރައިވިންގ ލައިސެންސް އޮތުމާއެކު، ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމީ ފެންވަރުހުރި މީހަކު ކަމުގައިވުން
- މަސައްކަތާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހު ތަޖުރިބާހުރި މީހެއްކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 ޖުލައި 16 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/މެޑިކަލް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
- ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
- ފޯން: 3344272، ފެކްސް: 3344341، ވެބްސައިޓް: www.stomaldives.com
12 ޖުލައި 2015
ހޯދާ