ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ

  1. ފުވައްމުލަކު އެކި ސަރަހައްދުތަކުގައި ގާޑިޔާ ބެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް  ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ގާޑިޔާ ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއި ބެހޭ އުސޫލު / ޤާވާއިދު އާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 23 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހުގެ 20:30 ގައި ކައުންސިލް އިދާރާގެ ކުރުނދުމާ މާލަމްގައި އޮންނާނެއެވެ.

 

  1. ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 24 ޑިސެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862823، 6862812

  އީމެއިލް: [email protected]

18 ޑިސެންބަރު 2024
ހޯދާ