ދިވެހިރާއްޖެ
އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ، ތިރީގައިވާ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.
މަޤާމު |
ސީނިއަރ އެގްޒަކެޓިވް |
ބޭނުންވާ ޢަދަދު |
01 |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް –- 01 އަހަރު (ފުރަތަމަ 03 މަސްދުވަސް ޕްރޮބޭޝަން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް –- އެކައުންޓްސް ޑިޕާރޓްމެންޓް |
މުސާރަ: |
އަސާސީ މުސާރަ : 5200.00 ރުފިޔާ މިނިމަމް ވޭޖް އެލަވަންސް : 2184.00 ރުފިޔާ (ބޭސިކް މުސާރައިގެ %42) ސަރވިސް އެލަވެންސް : 3120.00 ރުފިޔާ (ބޭސިކް މުސާއިގެ %60) |
އިތުރު ޢިނާޔަތްތައް: |
|
ޝަރުޠު: |
އެކައުންޓްސް އެންޑް ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ފާހެއް އޮތުން. މައިކްރޮސޮފްޓް އޮފީސް/ މައިކްރޮސޮފްޓް ޑައިނަމިކް އޭއެކްސް ފަރިތަކަމާއެކު ބޭނުން ކުރަން އެގުން. މީގެ އިތުރުން އެހެންވެސް އީއާރޕީ ސޮފްޓްވެއަރއެއް ބޭނުން ކުރަން އެގުމާއި، އެކައުންޓިން ނުވަތަ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
މަޤާމުގެ މަސްޢޫލިއްޔަތު: |
މަންތްލީ އެކައުންޓްތައް އެންޓްރީ ކޮށް ބެލެހެއްޓުމާއި، ފިކްސް އެސެޓް ތަކުގެ މޫވްމެންޓް ތަކާއި އަންނަ އުނި އިތުރު ބެލެހެއްޓުން. ކެޕިޓަލް އިންވެސްޓްމެންޓް ތަކާއި ހިގަމުންދާ މަސައްކަތް ތަކުގެ ހިސާބު ބެލެހެއްޓުން. މަހުން މަހަށް ބޭންކް ރިކޮންސިލޭޝަން ތައްޔާރު ކުރުން. ފިޒިކަލް އިންވެންޓްރީ ނެގުމާއި، އެންޓްރީކޮށް ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
އިންޓަރވިއުކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ނ- ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް ބ- ޕޮލިސްރިޕޯޓް |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
އީމެއިލް ކުރައްވާނީ [email protected]އަށެވެ.
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.