ދިވެހިރާއްޖެ
މިރަށު އިޖުތިމާޢީ ސަރަހައްދުތަކާއި، އަވަށް ބޭރު މަގުތައް 2025ވަނަ އަހަރު ކުނިކަހައި ސާފު ކޮށްދޭނެ ފަރާތެއް ހޯދުން
މިރަށު އިޖުތިމާޢީ ޞަރަޙައްދުތަކާއި، އަވަށްބޭރު މަގުތައް، 2025ވަނަ އަހަރު ކުނިކަހައި ސާފުކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2024 ޑިސެމްބަރ 25ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރައްވަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 29 ވާ އާދީއްތަ ދުވަހުގެ 13:30ގައި މި އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ، ކޮމެޓީތަކުގެ ނަމުގައި ބީލަން ހުށަހަޅާނަމަ، ބީލަން ހުށަހަޅަން ވަޑައިގަންވާއިރު، އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަން ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ބީލަން ހުށަހަޅާ ފޯމްގައެވެ. ފޯމެއްގެ އަގަކީ -/100ރ (ސަތޭކަ ރުފިޔާ)އެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.