ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު
މި މަރުކަޒުގެ ކްލާސްރޫމްތަކުގައި ޖެހުމަށް އެލްމެނިއަމް ދާ (އެލްމެނިއަމް ސެކިއުރިޓީ މެޝް ގްރިލް) ހޯދުމަށް މި މަރުކަޒުން ކުރި ނަންބަރު: GS37/2015/26 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް އިޢުލާނު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަން ވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބުހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން |
އާ އޮފީސް އިމާރާތުގެ މީޓީންގ ރޫމުގައި |
މައުލޫމާތު ސާފުކުރެއްވުން |
16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން |
21 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 11.00 ގައި |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
22 ރަމަޟާން 1436