ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެން މެމްބަރޝިޕް ފީ ބަލައިގަންނާނީ 06 ޖޫން 2024 ގައި ގެޒެޓް ކުރެވިފައިވާ މި އެސޯސިއޭޝަންގެ ހިންގާ ގާވައިދުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
22. |
(ހ) |
ކޮންމެ މެމްބަރަކުވެސް އެސޯސިއޭޝަންގެ މެމްބަރުކަން ލިބޭ ދުވަހުން ފެށިގެން، މިމާއްދާގެ (ށ) ގައިވާ އުޞޫލުން އެމެމްބަރެއްގެ ގިންތީގައި ހިމެނޭ ޗަންދާއެއް ނުވަތަ އަހަރީ ފީ އެސޯސިއޭޝަންއަށް ދައްކަންވާނެއެވެ. އަދި ތިޜީގައި ބަޔާން ކުރެވިފައިވާ ރޭޓުން އަހަރީ ފީ ބަލައިގަންނާނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 (އެކެއް) ވަނަ ދުވަހުން ފެށިގެންނެވެ. |
|
(ށ) |
(1) ފުރިހަމަ މެމްބަރުންގެ ތެރެއިން އެސޯސިއޭޝަންގައި އެފިލިއޭޓްވެފައިވާ ކުލަބް ޖަމާޢަތްތަކާއި ޖަމްޢިއްޔާތަކުގެ އަހަރީފީއަކީ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާއެވެ. (2) ފަރުދީ ފުރިހަމަ މެމަބަރުންގެ އަހަރީފީއަކީ -/500 (ފަސްސަތޭކަ) ރުފިޔާއެވެ. (3) އެސޯސިއޭޓް މެމްބަރުންގެ އަހަރީފީއަކީ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ. (4) ޔޫތް ޑެވެލޮޕްމަންޓް މަހުފީއަކީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. |
|
(ނ) |
ކޮންމެ އަހަރެއްގެ ޗަންދާ އެއަހަރެއްގެ ޖެނުއަރީމަހުގެ 30 (ތިރީސް) ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަނަށް ދައްކަންވާނެއެވެ. މިމުއްދަތުގައި ޗަންދާ ނުދައްކާ ފަރާތްތަކުގެ ޗަންދާ ބަލައިގަނެވޭނީ -/50ރ. (ފަންސާސް ރުފިޔާ) ގެ ޖޫރިމަނާއަކާއި އެކުގައެވެ.
|
އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 7779140 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.