ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:
- 2025 ވަނަ އަހަރުގެ ޖެނުއަރީ 01 ން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ޑިސެމްބަރ 17 ން 2024 ޑިސެމްބަރ 24 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/u4hAnRKcZC7TYt338
- މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ޑިސެމްބަރ 24 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 25 ވަނަ ދުވަހުގެ 11:00ގައިނޮޅިވަރަމު ސްކޫލްގެ ލައިބްރަރީގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަމު ސްކޫލް
އަމީނީމަގު، ހދ.ނޮޅިވަރަން ، ދިވެހިރާއްޖެ.
ފޯން: 6520555
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: .....
23 ޖުމާދަލް އާޚިރު 1446 ހ
17 ޑިސެމްބަރ 2024 މ
17 ޑިސެންބަރު 2024
ހޯދާ