މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް އެކުލަވާލާ ޕޫލަށް މީހުން ހޯދުން
- މިސްކިތު އިމާމުން ޗުއްޓީ އާއި ސަލާމުގައި ތިއްބަވާ ދުވަސްތަކުގައި މިސްކިތްތަކުގައި މަސައްކަތްކޮށްދޭނެ ޕޫލް އެކުލަވާލުމަށް ތިރީގައި މިދަންނަވާ މަގާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.
މަޤާމް: ޕޫލް އިމާމު
ފެންވަރު ނުވަތަ ޝަރުޠު: ދަށްވެގެން އިމާމު ކަމުގެ ސަނަދު ނުވަތަ ދާއިރާއާއިގުޅޭ އެފެންވަރުގެ އެހެން ސަނަދެއް ޙާޞިލްކޮށްފައިވުން
އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރައްވާ ކޮންމެ ވަގުތަކަށް -/61 (ފަސްދޮޅަސް އެކެއް ރުފިޔާ)
މަޤާމް: ޕޫލް މުދިމު
ފެންވަރު ނުވަތަ ޝަރުޠު: ރީތިކޮށް ބަންގިގޮވަން އެނގުމާއި، ތަޖުވީދުގެ ހަމަތައް އެނގުމާއި ރީތިކޮށް ޤުރުއާންކިޔަވަން އެނގުން.
އުޖޫރަ: ބަންގިގޮވާ އިމާމުވެ ނަމާދުކުރާ ކޮންމެ ވަގުތަކަށް -/53 (ފަންސާސް ތިނެއް ރުފިޔާ)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމު މިއިދާރާއިން ނަންގަވާ ފުރިހަކުރެއްވުމަށްފަހު، 2024 ޑިސެމްބަރ 26 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
17 ޑިސެންބަރު 2024
ހޯދާ