ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއި، ކުރެހުމާ އެއްގޮތަށް ހުޅުދެލީ މަގުބައްތިތަކުގެ ޑިސްޓްރިބިއުޝަން ފޮށިތަކަށް ކޮންކްރީޓް ފްރޭމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ މިދެންނެވި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށްވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ، އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
މި ކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
25 ޑިސެމްބަރ 2024 |
ބުދަ |
12:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
29 ޑިސެމްބަރ 2024 |
އާދިއްތަ |
10:00 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 23 ޑިސެމްބަރ 2024 ( ހޯމަ ) ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.