ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. މަގޫދޫ ބައެއް މަގުތަކުގައި ސިމެންތި ގަސްޕޮޓްތަކެއް ބެހެއްޓުމާ ގުޅޭ

ފ. މަގޫދޫ ބައެއް މަގުތަކުގައި ސިމެންތި ގަސްޕޮޓްތަކެއް ބެހެއްޓުމާއި ގުޅޭ:

ފ.މަގޫދޫ ބައެއް ސަރަޙައްދުތަކުގައި މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ގަސްޕޮޓްތަކެއް ބެހެއްޓުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށައެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ޑިސެންބަރު 2024 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުމަށް ރަޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށައެޅުއްވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 100.00ރ (ސަތޭކަރުފިޔާގެ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ފައިސާ ބަލައިގަތުން ކުރިއަށް ދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 އަށެވެ. ރަޖިސްޓްރީވާން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރޭޝަން ފީ މި އިދާރާގެ އެކައުންޓަށް ޖަމާކޮށް، ފޯމާއެކު ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލް ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

އެކައުންޓް ނަން: ފ. މަގޫދޫ ކައުންސިލްގެ އިދާރާ

އެކައުންޓް ނަންބަރ: 7730000042894

ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން:

ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮން ބީލަން / ޕްރޮޕޯސަލް ފޮނުވިދާނެއެވެ. އީމެއިލް މެދުވެރިކޮށް ބިޑް ފޮނުވާނީ [email protected] އަށް، ސަބްޖެކްޓްގައި އިޢުލާނު ނަންބަރު ޖެހުމަށް ފަހު ބިޑް ޑޮކިއުމެންޓްގައިވާ އެއްމެހާ ތަކެތި އީމެއިލްގައި އެޓޭޗް ކުރުމަށް ފަހުއެވެ.

ނުވަތަ 26 ޑިސެންބަރު 2024 ވަނަ ދުވަހުގެ ބީލަން / ޕްރޮޕޯސަލް ކެނޑުމަށް ހަމަޖެހިފައިވާ ގަޑި، 13:00 ގައި މި އިދާރާއަށް ވަޑައިގެން ބީލަން / ޕްރޮޕޯސަލް ހުށަހެޅިދާނެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި މި އިދާރާއަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ.

 މި އިދާރާއަށް ދުރުވެ ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ވިޔަފާރީގެ ނަމާއި އެޑްރެސް އަދި " ފ. މަގޫދޫގެ އެކި ސަރަޙައްދުތަކުގައި ގަސްޕޮޓްތަކެއް ބެހެއްޓުމާ ގުޅޭ / (އިޢުލާން ނަންބަރު)" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.

17 ޑިސެންބަރު 2024
ހޯދާ