ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤަޟާއީ އަހަރު 2025 ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ.
ޤަޟާއީ އަހަރު 2025 އިފްތިތާޙް ކުރުމަށްޓަކައި ބާއްވާ ޙާއްޞަ ރަސްމިއްޔާތުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ނަންބަރ 198-F/2024/172 (10 ޑިސެމްބަރ 2024) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާތީ، މިކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، އަންދާސީހިސާބު ހުށަހެޅުއްވުމަށް 23 ޑިސެމްބަރ 2024 ވަނަދުވަހުގެ 13:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
17 ޑިސެންބަރު 2024
ހޯދާ