ދިވެހިރާއްޖެ
އިޢުލާން
1446 ވަނައަހަރު ރަމަޟާން މަހު ތިނަދޫ ސިޓީގެ މިސްކިތްތަކުގައި އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން 03 ޙާފިޒުން ގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްއިޢުލާނު ކުރުން
1446 ވަނަ އަހަރު ރަމަޟާން މަހު ތިނަދޫ ސިޓީގައި އިމާމްވެ ތަރާވީޙް ނަމާދުކުރުމަށް 03 ޙާފިޒުން ރާއްޖެއިން ބޭރުން ގެންނަން ބޭނުންވާތީ އެކަން އާއްމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ބީލަން ހުށަހެޅުން |
08 ޖަނަވަރީ 2025 |
ބުދަ |
10:00 |
ތިނަދޫ ސިޓީ ކައުންސިލް އިދާރާ |