މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕޫލްގެ ދަށުން މިސްކިތުގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމާއި ގުޅޭ

މިރަށު މަސްޖިދުލް ތަޢާވުންގެ އިމާމު އަދި މަސައްކަތު މީހުން ޗުއްޓީއާއި ސަލާމްގައި ހުންނަ ދުވަސްތަކުގައި ދުވަހު މުސާރައަށް އެމަޤާމުތަކުގައި މަސައްކަތްކުރުމަށް، 2025 ވަނަ އަހަރަށް އެކުލަވާލެވޭ ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޑިސެމްބަރ 23 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރަށް ހުށަހެޅުއްވުން އެދެމެވެ. އިމާމުކަމަށް އެދި ހުށަހަޅާ ފަރާތްތަކުން އައިޑީ ކާޑުގެ ކޮޕީ އަދި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މަސައްކަތު މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިޕޫލުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި ކިހާދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

ވޭޖް ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

#

މަޤާމް

ރޭންކް

މަސައްކަތްކުރާ ގަޑިއިރަކަށްވާ އުޖޫރަ

1

އިމާމް (ސަނަދު އޮތް)

GS3

61.00 ރުފިޔާ

2

އިމާމް (ސަނަދު ނެތް)

GS1

53.00 ރުފިޔާ

3

މަސައްކަތު މީހުން

SS1

45.00 ރުފިޔާ

17 ޑިސެންބަރު 2024
ހޯދާ