އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން

އިޢުލާން

 

2013 ސެޕްޓެމްބަރ 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އައްޑޫސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

 

              
  

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

  
  

ވޯޓުލާ ސަރަހައްދު

  
  

ވޯޓުފޮށީގެ ނަން

  
  

ވޯޓުފޮށީގެ ނަންބަރު

  
  

#

  

އައްޑޫ ސިޓީ، މީދޫ ޝަމްސުއްދީން ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު   ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށްގޮސް، ގުލްފާމްމަގުން   ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން އުތުރަށް ގޮސް، އެމަގު ނިމޭ ސަރަހައްދުގެ   އިރުމަތިފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.  

އައްޑޫ،   މީދޫ-1

S01.1.1

1

އައްޑޫ ސިޓީ، މީދޫ

އަތޮޅު މަދަރުސާ

މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު   ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށްގޮސް، ގުލްފާމްމަގުން   ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން ދެކުނަށް ގޮސް، އަޅިވިލާމަގުން ހުޅަނގަށް ގޮސް،   މަހުމޫދީ ހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތް ގޯޅިން ހުޅަނގަށް ގޮސް އެމަގު ނިމޭ ސަރަހައްދުގެ ދެކުނު   ފަޅީގައި ހިމެނެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މީދޫ-2

S01.1.2

2

އައްޑޫ ސިޓީ، މީދޫ

ރަށު އޮފީސް

މި ފޮށްޓަށް ވޯޓުލާނީ މީދޫ   ބަހާއުއްދީންމަގު ފެށޭ ހިސާބުން ދެކުނަށް ގޮސް،    އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީހިނގުމުން ދެކުނަށް ގޮސް،   ޒިޔާރަތްގޯޅިން ހުޅަނގަށް ގޮސްއެމަގު ނިމޭ ސަރަހައްދުގެ އުތުރު ފަޅީގައި ހިމެނެ   ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މީދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ   މީހުންނެވެ.

އައްޑޫ، މީދޫ-3

S01.1.3

3

އައްޑޫ ސިޓީ، ހުޅުދޫ

ހުޅުދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަތްވިލާމަގުން   ފެށިގެން ބަހާއުއްދީންމަގުގެ ހުޅަނގުފަޅީގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ   ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހުޅުދޫ-1

S01.1.4

4

އައްޑޫ ސިޓީ، ހުޅުދޫ ހުޅުދޫނަސްރިއްޔާ   ޕްރީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ބަހާއުއްދީން   މަގުން ފެށިގެން ފޮކޮޅުމަގުން އިރަށް ގޮސް    ވާރުގޭދީދީމަގުން އުތުރަށް ގޮސް ޢަލީޢަބްދުﷲމަނިކުފާނުމަގުން އިރަށް ދާ  ސަރަޙައްދުގެ އިރުދެކުނުފަޅީގައި ހިމެނޭ   ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، ހުޅުދޫ-2

S01.1.5

5

އައްޑޫ ސިޓީ، ހުޅުދޫ

ސ. އަތޮޅު މަދަރުސާގެ މެދު   ހޯލުގައި

މި ފޮށްޓަށް ވޯޓުލާނީ ހުޅުދޫ ރަތްވިލާމަގުން   އިރަށް ގޮސް ބަހާއުއްދީންމަގުން ދެކުނަށް ގޮސް    ފޮކޮޅުމަގުން އުތުރަށް ގޮސް ޢަލީ ޢަބްދުﷲ މަނިކުފާނުމަގާ ހަމަޔަށް ރަށުގެ   އުތުރު ކޮޅުގައިވާ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި   ހުޅުދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

އައްޑޫ، ހުޅުދޫ-3

S01.1.6

6

އައްޑޫ ސިޓީ، ފޭދޫ ޑިޕާޓްމަންޓް   އޮފް ބިޒްނަސް ޑިވެލޮޕްމެންޓް ޔޫތް އެންޑް ސްޕޯޓްސްގައި

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ ޝަމްސުއްދީނު   ބޮޑުފަނޑިޔާރު ތަކުރުފާނުމަގުން ގޮސް ބޯޅަދަނޑުމަގުން ފެށިގެން ރަށުގެ އިރުން   ހުޅަނގަށް އަދި މާދެލަމަގުން ދެކުނަށް ގޮސް ޑޭޒީމަގުން ހުޅަނގަށް ގޮސް ލަޠީފިހިނގުމުން   ދެކުނަށް ގޮސް ރިޔާޒީހިނގުމުން އިރަށް ގޮސް ކުޅިބަލާހިނގުމުން އުތުރަށް ގޮސް   ޝަމަސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުމަގުން ގޮސް ބޯޅަދަނޑުމަގާ ހަމައަށް ހުރި   ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި ފޭދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ   މީހުންނެވެ.

އައްޑޫ، ފޭދޫ-1

S02.1.1

7

އައްޑޫ ސިޓީ، ފޭދޫ

ރަށްދެބައިމަގުން ފޭދޫ ސްކޫލަށް   ވަންނަ ގޭޓު ކައިރި

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ މާދެލަމަގުން   އިރުއުތުރު ކަނުން ދެކުނަށް ގޮސް ޑޭޒީމަގުން ހުޅަނގަށް ގޮސް ރަށްދެބައިމަގުން   އުތުރަށް ގޮސް ޗާނދަނީ މަގުން ދެކުނަށް ގޮސް ނޫރާނީހިނގުމުން އުތުރަށް ގޮސް ޝަމްސުއްދީން   ބޮޑުފަނޑިޔާރު ތަކުރުފާނުމަގުގެ އުތުރުންއިރަށް    މާދެލަމަގާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-2

S02.1.2

8

އައްޑޫ ސިޓީ، ފޭދޫ

ފޭދޫ ސްކޫލް ހޯލުގެ އުތުރު ފަޅި

މި ފޮށްޓަށް ވޯޓުލާނީ   ނޫރާނީހިނގުމުގެ އިރުއުތުރު ކަނުން ދެކުނަށްގޮސް ޗާނދަނީމަގުން އިރަށް ގޮސް   ރަށްދެބައިމަގުން އުތުރަށް ގޮސް ޑެޒީމަގުން އިރަށް ގޮސް ލަޠީފީހިނގުމުން   ދެކުނަށް ގޮސް ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ނަޝިދީހިނގުމުން އުތުރަށް ގޮސް   ކަނީރުމަގުން އިރަށްގޮސް ޗަނބޭލީހިނގުމުން އުތުރަށް ގޮސް ޗާނދަނީމަގުން   ހުޅަނގަށް ގޮސް އާބާދިހިނގުމުން އުތުރަށް ގޮސް ޝަމަސުއްދީން ބޮޑުފަނޑިޔާރު ބޮޑުތަކުރުފާނުމަގުން   އިރަށް ގޮސް ނުރާނީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-3

S02.1.3

9

އައްޑޫ ސިޓީ، ފޭދޫ

ފޭދޫ ސްކޫލް ހޯލުގެ ދެކުނު ފަޅި

މި ފޮށްޓަށް ވޯޓުލާނީ ފޭދޫ އާބާދީހިނގުމުގެ   އިރުއުތުރު ކަނުން ދެކުނަށް ގޮސް ޗާނދަނީމަގުން އިރަށް ގޮސް ޗަނބޭލީހިނގުމުން   ދެކުނަށް ގޮސް ކަނީރުމަގުން ހުޅަނގަށް ގޮސް ނަޝީދީހިނގުމުން ދެކުނަށް ގޮސް   ރިޔާޒީހިނގުމުން ހުޅަނގަށް ގޮސް ރަބީޢީހިނގުމުން އުތުރަށް ގޮސް ބަނަފުސާގޯޅިން   ދެކުނަށް ގޮސް ރޯޝަނީހިނގުމުން އުތުރަށް ގޮސް މިރިހިމަގުން ހުޅަނގަށް ގޮސް   އަސަރީހިނގުމުން އުތުރަށް ގޮސް ޝަމަސުއްދީން ބޮޑުފަނޑިޔާރު ބޮޑުތަކުރުފާނުމަގުން   އިރަށް ގޮސް އާބަދީ ހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-4

S02.1.4

10

އައްޑޫ ސިޓީ، ފޭދޫ

އޯކިޑް މަގުން ފޭދޫ ސްކޫލަށް   ވަންނަ ގޭޓު ކައިރި

މި ފޮށްޓަށް ވޯޓުލާނީ އަސަރީހިނގުމުގެ   އިރުއުތުރު ކަނުން ދެކުނަށް ގޮސް  މިރިހިމަގުން   އިރަށް ގޮސް ރޯޝަނީހިނގުމުން  ދެކުނަށް   ގޮސް ބަނަފުސާގޯޅިން އިރަށް ގޮސް ރަބީޢީހިނގުމުން ދެކުނަށް ގޮސް ރިޔާޒީހިނގުމުން   ހުޅަނގުން އިރަށް ގޮސް ޝަމަސުއްދީން ބޮޑުފަނޑިޔާރު ބޮޑުތަކުރުފާނުމަގުން އިރަށް   ގޮސް އަސަރީހިނގުމާ ހަމައަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، ފޭދޫ-5

S02.1.5

11

އައްޑޫ ސިޓީ، މަރަދޫފޭދޫ

 މަރަދޫފޭދޫ ސުކޫލް

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ ހުޅަނގު އުތުރުގައިވާ ގޭގޭގެ   ރަޖިސްޓްރީގައިވާ މީހުންނާއި   މަރަދޫފޭދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނެވެ.

އައްޑޫ، މަރަދޫފޭދޫ-1

S03.1.1

12

އައްޑޫ ސިޓީ، މަރަދުފޭދޫ

މުސްކުޅިންގެ ހިޔާ

މި ފޮށްޓަށް ވޯޓުލާނީ މަރަދޫފޭދޫ ފަރިވާމަގުގެ އިރު ދެކުނުގައިވާ ގޭގޭގެ   ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫފޭދޫ-2

S03.1.2

13

އައްޑޫ ސިޓީ، މަރަދޫ

މަރަދޫ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގުން   އިރު ދެކުނަށް ހުރި ގޭގޭގެ ރަޖިސަޓްރީގައިވާ މީހުންނާއި މަރަދޫގައި ދިރިއުޅޭ   އެހެނިހެން ރަށްރަށުގެ މީހުންނެވެ.

އައްޑޫ، މަރަދޫ-1

S03.1.3

14

އައްޑޫ ސިޓީ، މަރަދޫ

މަރަދޫ އޮފީސް

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ ގައުސަންދޮންމަގާއި   އަލަދަޑިމަގާއި ދެމެދު ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫ-2

S03.1.4

15

އައްޑޫ ސިޓީ، މަރަދޫ

ބޯޅަ ދަނޑު

މި ފޮށްޓަށް ވޯޓުލާނީ މަރަދޫ އަލަދަޑިމަގުން   ފެށިގެންހުޅަނގު އުތުރުކޮޅަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

އައްޑޫ، މަރަދޫ-3

S03.1.5

16

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ސްކޫލްގެ 1 ނަންބަރު ކްލާސްރޫމް

މި ފޮށްޓަށް ވޯޓުލާނީ ބީވާމަގާއި   ޖަވާހިރުގޯޅި އާއި ގުޅޭ ނުކުތާއިން، ޖަވާހިރުގޯޅިން އިރަށް، އެޅެދީދީމަގުން   އުތުރަށް، ޑޭޒީމަގުން އިރަށްގޮސް ޝަމްސުއްދީންމަގާއި ގުޅޭނުކުތާއިން އުތުރު   ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހިތަދޫގައި ދިރިއުޅޭ   އެހެނިހެން ރަށްރަށުގެ މީހުންނެވެ.

އައްޑޫ، ހިތަދޫ-1

S04.1.1

17

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ސްކޫލްގެ 2 ނަންބަރު   ކްލާސްރޫމް

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީންމަގާއި   ޑޭޒީމަގާއި ގުޅޭ ނުކުތާއިން، ޑޭޒީމަގުން ހުޅަނގަށް، ވައިލެޓްމަގުން ދެކުނަށް،   ފިޔާތޮށިހިނގުމުން އިރަށް، ޝަމްސުއްދީންމަގުން އުތުރަށްގޮސް ޑޭޒީމަގާއި ގުޅޭ   ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -2

S04.1.2

18

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ސްކޫލްގެ 3 ނަންބަރު   ކްލާސްރޫމް

މި ފޮށްޓަށް ވޯޓުލާނީ ޑޭޒީމަގާއި   އެޅެދީދީމަގާއި ގުޅޭ ނުކުތާއިން ޑޭޒީމަގުން އިރަށް، ވައިލެޓްމަގުން ދެކުނަށް،   ފިޔާތޮށިހިނގުމުން އިރަށް، ސަނާމަކުގޯޅިން ދެކުނަށް، ސަންސެޓްހިނގުމުން   ހުޅަނގަށް، އެޅެދީދީމަގުން އުތުރަށްގޮސް ޑޭޒީމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ   ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ    މީހުންނެވެ.

އައްޑޫ، ހިތަދޫ -3

S04.1.3

19

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ސްކޫލް ކުލާސް ރޫމް

މި ފޮށްޓަށް ވޯޓުލާނީ ޖަވާހިރުގޯޅީގެ   ހުޅަނގުން ފެށިގެން އިރަށް، އެޅެދީދީމަގުން ދެކުނަށް، ވައިލެޓްހިނގުމުން އިރަށް،   ޒަމާނީހިނގުމުން ދެކުނަށް، ޒިޔާރަތްމަގުން ހުޅަނގަށް ގޮސް ނިމޭ ސަރަޙައްދުގެ   އުތުރުގައިހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ    މީހުންނެވެ.

އައްޑޫ، ހިތަދޫ -4

S04.1.4

20

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ޕަބްލިކް ލައިބްރަރީ

މިފޮށްޓަށް ވޯޓުލާނީ ފިޔާތޮށިހިނގުމާއި   ޝަމްސުއްދީންމަގާއި ގުޅޭ ނުކުތާއިން، ފިޔާތޮށިހިނގުމުން ހުޅަނގަށް،   ސަނާމަކުގޯޅިން ދެކުނަށް، ސަންސެޓްހިނގުމުން ހުޅަނގަށް، އެޅެދީދީމަގުން   ދެކުނަށް، ވައިލެޓްހިނގުމުން އިރަށް، ޒަމާނީހިނގުމުން ދެކުނަށް، ޒިޔާރަތްމަގުން   ހުޅަނގަށް، އެޅެދީދީމަގުން ދެކުނަށް، ފެއަރލިންހިނގުމުން އިރަށް،   ފިޔާތޮށިހިނގުމުން އުތުރަށް، ޒިޔާރަތްމަގުން އިރަށް، ޝަމްސުއްދީންމަގުން   އުތުރަށްގޮސް ފިޔާތޮށިހިނގުމާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ   ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-5

S04.1.5

21

އައްޑޫ ސިޓީ، ހިތަދޫ

ޒުވާނުންގެ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ ޒިޔާރަތްމަގާއި އެޅެދީދީމަގާއި ގުޅޭ ނުކުތާއިން، އެޅެދީދީމަގުން   ދެކުނަށް، ފެއަރލިންހިނގުމުން އިރަށް، ފިޔާތޮށިމަގުން ދެކުނަށް، އަސްރަފީގޯޅިން   ހުޅަނގަށް، އެޅެދީދީމަގުން އުތުރަށް، އަސްރަފީމަގުން ހުޅަނގަށް،   އައުމިސްކިތްމަގުން އުތުރަށް، ރަށްދެބައިމަގުން ހުޅަނގަށް، ހިތްފަސޭހަމަގުން   އުތުރަށް، ހުދުވެލިގޯޅިން ހުޅަނގަށް، ބީވާމަގުން އުތުރަށް، ޒިޔާރަތްމަގުން އިރަށްގޮސް   އެޅެދީދީމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ   ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ-6

S05.1.1

22

އައްޑޫ ސިޓީ، ހިތަދޫ

ޒުވާނުންގެ މަރުކަޒު

މި ފޮށްޓަށް ވޯޓުލާނީ އަސްރަފީމަގުގެ  ހުޅަނގުން ފެށިގެން އިރަށް   އެޅެދީދީމަގުންދެކުނަށް،  ރަންކޮކާމަގުން   ހުޅަނގަށް ގޮސް ނިމޭ ސަރަޙައްދުގައި ހިމެނޭ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ   -7

S05.1.2

23

އައްޑޫ ސިޓީ، ހިތަދޫ

ނޫރާނީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ އެޅެދީދީމަގާއި   އަސްރަފީގޯޅިއާއި ގުޅޭ ނުކުތާއިން، އަސްރަފީގޯޅިން އިރަށް، ފިޔާތޮށި މަގުން   ދެކުނަށް، ކަނީރުމަގުން އިރަށް، ޝަމްސުއްދީންމަގުން ދެކުނަށް، ނަރުގިސްމަގުން   ހުޅަނގަށް، އެޅެދީދީމަގުން އުތުރަށްގޮސް އަސްރަފީގޯޅިއާއި ގުޅޭ ނުކުތާއިން   ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -8

S05.1.3

24

އައްޑޫ ސިޓީ، ހިތަދޫ

ނޫރާނީ ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ރަންކޮކާމަގުގެ   ހުޅަނގުން ފެށިގެން އިރަށްއެޅެދީދީމަގުން ދެކުނަށް، ނަރުގިސްމަގުން އިރަށް،   އައިމަލިމަގުން ދެކުނަށް، ފެންފިޔާޒުމަގުން ހުޅަނގަށް ގޮސް ނިމޭ ސަރަޙައްދުގެ   އުތުރުގައި ހިމެނޭ ހުރިހާ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -9

S05.1.4

25

އައްޑޫ ސިޓީ، ހިތަދޫ

ހިތަދޫ ކެމްޕަސް (ޝަމްސުއްދީންމަގު)

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީންމަގާއި   ނަރުގިސްމަގާއި ގުޅޭ ނުކުތާއިން ޝަމްސުއްދީންމަގުން ދެކުނަށް، އަޒާދީމަގުން   ހުޅަނގަށް، ސޯސަންމަގުން އުތުރަށް، ފެންފިޔާޒުމަގުން ހުޅަނގަށް، އައިމަލިމަގުން   އުތުރަށް، ނަރުގިސްމަގުން އިރަށް ގޮސް ޝަމްސުއްދީންމަގާއި ގުޅޭ ނުކުތާއިން   ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -10

S05.1.5

26

އައްޑޫ ސިޓީ، ހިތަދޫ

މެދުވަލު ސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ޝަމްސުއްދީންމަގާއި   އާޒާދީމަގާއި ގުޅޭ ނުކުތާއިން ޝަމްސުއްދީންމަގުން ދެކުނަށް، ލިލީމަގުން   ހުޅަނގަށް، ފެންމީރުމަގުން އުތުރަށް، ފެންފިޔާޒުމަގުން އިރަށް، ސޯސަންމަގުން   ދެކުނަށް، އަޒާދީމަގުން އިރަށް ގޮސް   ޝަމްސުއްދީންމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ   ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -11

S06.1.1

27

އައްޑޫ ސިޓީ، ހިތަދޫ

ޝަރަފުއްދީން ސްކޫލް (ޕްރައިމަރީ   ވިންގް)

މި ފޮށްޓަށް ވޯޓުލާނީ ލިލީމަގާއި   އެޅެދީދީމަގާއި ގުޅޭ ނުކުތާއިން އެޅެދީދީމަގުން ދެކުނަށް، ނާޒުކީހިނގުމުން ހުޅަނގަށް،   ނަސީރީމަގުން ދެކުނަށް، ކަށިނަރިހިނގުމުން ހުޅަނގަށް،   ދެމުކުރިމަގުން އުތުރަށް، ނާޒުކީ ހިނގުމުން ހުޅަނގަށް، ފެންމީރުމަގުން އުތުރަށް،   ލިލީމަގުން އިރަށް ގޮސް އެޅިދީދީމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި   ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ    މީހުންނެވެ.

އައްޑޫ، ހިތަދޫ -12

S06.1.2

28

އައްޑޫ ސިޓީ، ހިތަދޫ

ޝަރަފުއްދީން ސްކޫލް (ސެކަންޑްރީ   ވިންގް)

މި ފޮށްޓަށް ވޯޓުލާނީ  ޝަމްސުއްދީންމަގާއި ލިލީމަގާއި   ގުޅޭނުކުތާއިން، ޝަމްސުއްދީންމަގުން ދެކުނަށް، އަމީނީމަގުން ހުޅަނގަށް، އައިމަލިމަގުން   އުތުރަށް،   ލިލީމަގުން އިރަށްގޮސް ޝަމްސުއްދީންމަގާއި ގުޅޭ   ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -13

S06.1.3

29

އައްޑޫ ސިޓީ، ހިތަދޫ

ޝަރަފުއްދީން ސްކޫލް (ޕްރައިމަރީ   ވިންގް)

މި ފޮށްޓަށް ވޯޓުލާނީ އެޅެދީދީމަގާއި   ލިލީމަގާއި ގުޅޭ ނުކުތާއިން، އެޅެދީދީމަގުންދެކުނަށް،   ނާޒުކީހިނގުމުން ހުޅަނގަށް، ނަސީރީމަގުން   ދެކުނަށް، ކަށިނަރިހިނގުމުގެ އިރަށް (ފެހެލި ކުޅީގެ   އުތުރުފަރާތުން)، ގެދަރިހިނގުމުގެ އުތުރަށް،   ހަތްމިސްކިތްމަގުން އިރަށް، ރަސްގެދަރިމަގުން   އުތުރަށް، އަމީނީމަގުން ހުޅަނގަށް،   އައިމަލިމަގުން އުތުރަށް، ލިލީމަގުން   ހުޅަނގަށް ގޮސް އެޅެދީދީމަގާއި ގުޅޭ ނުކުތާއިން ވަށާލެވޭ ސަރަޙައްދުގައި ހިމެނޭ   ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

އައްޑޫ، ހިތަދޫ -14

S06.1.4

30

އައްޑޫ ސިޓީ، ހިތަދޫ

އައްޑޫ ހައިސްކޫލް

މި ފޮށްޓަށް ވޯޓުލާނީ ކަނދުވަލުމަގާއި   ނާޒުކީ ހިނގުމާއި ގުޅޭ ނުކުތާއިން ނާޒުކީހިނގުމުން އިރަށް، ދެމަކުރިމަގުން   ދެކުނަށް، ކަށިނަރިހިނގުމުން އިރަށް (ފެހެލި ކުޅީގެ އުތުރުފަރާތުން)، ގެދަރިހިނގުމުން   އުތުރަށް، ހަތްމިސްކިތްމަގުން އިރަށް، ރަސްގެދަރިމަގުން އުތުރަށް، އަމީނީމަގުން   ހުޅަނގަށް ގޮސް ޝަމްސުއްދީންމަގާއި ގުޅޭ ނުކުތާއިން ދެކުނު ސަރަޙައްދުގައި   ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހިތަދޫގައި ދިރިއުޅޭ އެހެނިހެން   ރަށްރަށުގެ މީހުންނެވެ.

އައްޑޫ، ހިތަދޫ -15

S06.1.5

31

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

 

15 ޝަޢުބާން 1434

24 ޖޫން 2013
ހޯދާ