ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446" ގެ މީޑިއާ ޕާޓްނަރއަށްވުމުގެ ފުރުޞަތު

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446 ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، މި މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 23 ޑިސެމްބަރު 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3336868 އާއި ގުޅުއްވުން އެދެމެވެ.

16 ޑިސެންބަރު 2024
ހޯދާ