ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ މުލަކަތޮޅު މުލަކު ކައުންސިލްގެ ފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި، އެ ޓީމް މުބާރާތައް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މުލަކު ފުޓްސަލް ޓީމް މެނޭޖްކުރުމަށް ޝަޢުޤުވެރިވެލައްވާ، ކުލަބު/ޖަމްޢިއްޔާތަކުން، 2024 ޑިސެންބަރ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން ޕްރޮޕޯސަލް [email protected] މެއިލްއަށް ނުވަތަ ހާޑް ކޮޕީ ކައުންސިލް އިދާރާއަށް ހުށަހަޅައި ދެއްވުން އެދެމެވެ.
ނޯޓް: މިއީ މިކަމަށް ކުރެވޭ ދެވަނަ އިޢުލާނެވެ. ފުތަރަމަ އިޢުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ވަނީ ބާތިލް ކުރެވިފައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.