ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ރެޖްފޯމްބޯޑް ތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް

މިކުންފުނީގެ ވެއަރހައުސްގައި ހުރި ރެޖްފޯމް ބޯޑުތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

މިތަކެތީގެ ނީލަން ފެށޭ އަގަކީ-/20,000ރ (ވިހިހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 1,250ރ (ބާރަ ސަތޭކަ ފަންސާސް ރުފިޔާ) އެވެ. ނީލަމުގައި އަގު ހުށަހެޅުމަށް ސީޓީތައް ފެކްސްއާއި އީމެއިލުންވެސް ބަލައިގަނެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00ގައި، މިކުންފުނީގެ ނޯޓިސް ބޯޑުގައި ޝާއިޢު ކުރެވޭނެއެވެ. ޖެހިޖެހިގެން ދެދުވަހު އެއް އަގެއް އޮވެއްޖެނަމަ، އެ އަގު ހުށަހަޅުއްވާފައިވާ ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. 

އީމެއިލް: [email protected]

ފެކްސް ނަންބަރު: 6888673

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު 6888546 / 6888558 އަށް ގުޅުއްވުން އެދެމެވެ.

                    21 ރަމަޟާން 1436 ހ.

08 ޖުލައި 2015
ހޯދާ