އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން

ނަންބަރު: 353/353/2024/116(IUL)

އިޢުލާން

ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުން

                އދ.ދިގުރަށު ހުކުރު މިސްކިތު އިރުމަތީ ފަރާތުގައި އޮންނަ މިހާރު މީހުން ވަޅުލަމުންގެންދާ ޤަބުރުސްތާނު ކައުންސިލުން ކަނޑައަޅާ މިންގަނޑަކަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)353/353/2024/2 އިޢުލާނާއިއެކު ޢާންމުކޮށްފައިވާ މަޢުލޫމާތު ޝީޓުގައި ހިމެނޭ ބައެއް މަޢުލޫމާތު ބަދަލުވެފައިވާތީ އެއިޢުލާނު ބާޠިލްކޮށް، 2 އަހަރު ދުވަހުގެ މުއްދަތަށް މި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

        ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޑިސެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މަސައްކަތް ކުރެވޭނެ އަގު (މަހަކަށް މަސައްކަތް ކުރެވޭނެ އަގު) ބަޔާންކޮށް ބީލަން ފޯމް ފުރިހަމަކުރައްވައި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

        މި މަސައްކަތުގެ "މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް" މިއަދުން ފެށިގެން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                                                               (ސޮއި) 

                                                            އިބްރާޙީމް ޢުޘްމާން

                                                           ކައުންސިލްގެ ރައީސް

16 ޑިސެންބަރު 2024
ހޯދާ