މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓެންސީ ފާރމެއް ހޯދުމުގެ މަސައްކަތް

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 (ޕްރޮޖެކްޓް ނަންބަރު: TES/2024/C-003)

 

1. ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ  ބެހޭ ވުޒާރާގެ އެދިލެއްވުމުގެ މަތިން 20  އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ލޯކަލް ކޮންސަލްޓެންސީ ފާރމެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2024/279 )1 ޑިސެންބަރު 2024) އިޢުލާނު ތިރީގައިވާ ގޮތަށް އިސްލާޙުކޮށް މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތުގެ މަޤްޞަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި،  އަދި އާބަން ޑިވެލޮޕްމަންޓު ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމެވެ. އަދި މި ޕްލޭންގައި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާހުރި ގޮތެއްގައި ތަންފީޒުކުރުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރެވޭނެ މެކޭނިޒަމްތައް ހިމަނަންވާނެއެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

5. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 2 ޑިސެންބަރު 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : +960 3349147, +960 3349106, +960 3349113

އީމެއިލް :  [email protected]

ކޮޕީ  :  [email protected]

16 ޑިސެންބަރު 2024
ހޯދާ