ދިވެހިރާއްޖެ
އިޢުލާން
ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޖިއޯ ޓެކްސްޓައިލްގެ ބާވަތްތަކަކީ އެކި ޗެޕްޓަރ ތަކަށް، ތަފާތު ޑިއުޓީ ރޭޓުގައި ގިންތި ކުރެވޭ އައިޓަމްތަކަކަށްވާތީ، މިފަދަ އައިޓަމްތައް ގިންތި ކުރުމުގައި އޮޅުން އަރަމުންދާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ގާނޫނު ނަންބަރު 79 /31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު) ގެ 7 ވަނަމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތާވަލުގައިވާ ގޮތަށް ކަސްޓަމްސް ގާނޫނު ގެ 62 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މިދަންނަވާ އައިޓަމްތައް ގިންތި ކުރުމުގައި ބަލާނެ މިންގަނޑު އަދި ގިންތިކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
ޖިއޯ ޓެކްސްޓައިލް ޖިއޯ ފެބްރިކްސް
ޕޮލީއިސްޓަރ/ޕޮލީޕްރޮޕައިލިން ފަދަ ސިންދަޓިކް ފައިބަރއިން ތައްޔާރުކޮށްފައި ހުންނަ ޖިއޯ ފެބްރިކްސް ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
GEO TEXTILE (WOVEN FABRICS OF SYNTHETIC FILAMENT) |
5407200010 |
15% |
SQM |
ޖިއޯ ޓެކްސްޓައިލް / ޖިއޯ ބޭގް އާއި ޖިއޯ ޓިއުބް ފަދަ ތަކެތި
ޖިއޯ ޓެކްސްޓައިލް ފެބްރިކްސްއިން ތައްޔާރުކޮށްފައި ހުންނަ ޖިއޯ ޓެކްސްޓައިލް ބޭގް/ޖިއޯ ބޭގްސް އާއި ޖިއޯ ޓިއުބް ފަދަ ތަކެތި ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
GEO TEXTILE BAG (GEO BAG) & GEO TUBE |
6307909027 |
15% |
SQM |
ޖިއޯ މެމްބްރޭން
ޕްލާސްޓިކް ޝީޓް އިން ނުވަތަ ސިންތަޓިކް ފައިބަރއިން ތައްޔާރުކޮށްފައިވާ ޝީޓެއްގައި އެހެން މެޓީރިއަލްއަކުން ކޯޓުކޮށް އަދި އެކޯޓިން ހަމަ ލޮލަށް ފެންނަން ހުންނަގޮތަށް ތައްޔާރުކޮށްފައި ހުންނަ ޖިއޯ މެމްބްރޭން ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
GEO MEMBRANE |
3921909011 |
20% |
SQM |
ޖިއޯޓެކްސްޓައިލް މެޝް/ ގްރިޑް
މެޝް ނުވަތަ ގްރިޑް ގޮތަށް ތައްޔާރުކޮށްފައި ހުންނަ ޖިއޯޓެކްސްޓައިލް ކްލެސިފައި ކުރެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
މުދަލުގެ ތަފުސީލު |
އެޗް.އެސް. ކޯޑް |
ޑިއުޓީރޭޓް |
ޔުނިޓްއޮފްކޮންޓިޓީ |
GEO TEXTILE (MESH / GRID) |
3921909011 |
0% |
SQM |
ވީމާ 1 އޮކްޓޫބަރު 2015 އިން ފެށިގެން މިބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރުމަށް ކަސްޓަމްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މަތީގައި ބަޔާން ކުރެވުނު ގޮތުގެ މަތީން ޢަމަލުކުރެއްވުން އެދެމެވެ.
21 ރަމަޟާން 1436