ދިވެހިރާއްޖެ
ވޭޖްގެ އެމްޕްލޯއިމެންޓް ދަށުން ޕޫލަށް މީހުން ނެގުމާއިބެހޭ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި ވޭޖް އެންޕްލޯއިމެންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާނެ މަސައްކަތު މީހުން ބޭނުންވެއްޖެއެވެ.
މަޤާމު: |
މަސައްކަތު |
މަޤާމުގެ ގިންތި: |
ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް ގެ ދަށުން ޕޫލުގައި މަސައްކަތް ކުރުން ) |
މަޤާމުގެ މުއްދަތު/ މަސައްކަތް ކުރަންޖެހޭ ވަގުތު |
01 (އެކެއް) އަހަރު ( 01 ޖެނުއަރީ 2025 އިން 31 ޑިސެންބަރު 2025 ގެ ނިޔަލަށް) ( ދުވާލަކު 5 ގަޑިއިރު) |
އޮފީސް / އިދާރާ: |
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭތަން: |
ތިލަދުންމަތީ އުތުރުބުރީ އުތީމު މިސްކިތްތައް |
ބޭނުންވާ ޢަދަދު: |
05 (ފަހެއް) |
މުސާރަ: |
ކޮންމެ ނަމާދު ވަގުތަކަށް 40.00 ރުފިޔާ ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން ޕޫލުގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނީ ތަފްޞީލުގައި ކަނޑައެޅިފައިވާ އުޖޫރައެވެ. އިތުރުގަޑި ނުވަތަ އެއްވެސް އެލަވަންސްއެއް ނުދެވޭނެއެވެ. |
ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1- ކައުންސިލް އިދާރާއިން ކަނޑައަޅާ ތާވަލަކާ އެއްގޮތަށް ކައުންސިލް އިދާރާއިން ކަނޑައަޅާ މިސްކިތެއްގައި އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މަސައްކަތްކުރުން. 2- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތާއި ވަޅުދޮށް އަދި (ފާހާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކިތެއްނަމަ އެތަންތަން ސާފުކުރުން.) 3- މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަ ނޮޅުމާއި ކުނި އުކާލުމުގެ މަސައްކަތް ކުރުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.) 4- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެ މަތިން މިސްކިތުގެ ވަޅުދިޔަ ހިއްކައި ސާފުކުރުން. 5- އިމާމު / މުދިމު އަންގާ ގޮތެއްގެ މަތީން މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ ތަންތަނާއި ހޮޅިބުރި، ފަންކާ، ކަބަޑު، ދޮރުތަކާއި ދޮރުފަތްތަށް ފޮޅާ ސާފުކުރުން. އަދި ބޮކިތަކާއި ފަންކާތައް ބޭނުންވާ ވަގުތުގައި ދިއްލާ ނިއްވުން. 6- މިސްކިތް ތަކަށް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު / މުދިމު ކައުންސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން. 7- ކައުންސިލްގެ އިދާރާއާއި އިމާމުން / މުދިމުން އަންގާ ގޮތެއްގެ މަތިން މިސްކިތު ގޯތިތެރޭގައި ގަސްއިންދައި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. (މީގެތެރޭގައި މިސްކިތު ގޯތިތެރޭގައި ހުންނަ ޤަބުރަސްތާނުތައް ނުހިމެނެއެވެ.) 8- މިސްކިތާ ގުޅިގެން ކައުންސިލްގެ އިދާރާއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަށް ކުރުން. 9- ކައުންސިލް އިދާރާއިން ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ބައިވެރިވުން. 10- މީގެ އިތުރުންވެސް މިސްކިތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން. |
ފެންވަރު ނުވަތަ ޝަރުތު: |
1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 23 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@utheem.gov.mv މެދުވެރިކޮށްވެސް ބަލައިގަނަވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 ޑިސެންބަރު 2024 އާ 26 ޑިސެންބަރު 2024 އާއި ދެމެދު، ހއ.އުތީމު ކައުންސިލްގެ އިދާރާގައެވެ. |
އެންމެ ޤާބިލް މީހުން |
1- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީން. |
ހޮވުމަށް ބެލެވޭނެ |
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. |
ކަންތައްތައް: |
3- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.
|
އިތުރު މަޢުލޫމާތު |
|
|
|
ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
15 ޑިސެންބަރު 2024